މިފްކޯގެ ސީއީއޯ ފަރުހަތު އިސްތިއުފާ ދެއްވައިފި

މިފްކޯއިން އިސްތިއުފާދެއްވި ސީއީއޯ އަދި އެމްޑީ ފަރުހަތު ޝަހީރު: ---- ފޮޓޯ/ ޕީއެސްއެމް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުންފުނި ކަމަށްވާ މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވަނީ އެ މަޤާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައެވެ. މިކަމުގެ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ އެ ކުންފުނީގެ ހިންގުމަށް އަންނާނެ ބޮޑު ބަދަލެކެވެ. މަސްވެރިންނަށް ފައިސާ ދިނުމާއި، މަސް ގަތުމުގެ ކަންކަން ހަރުދަނާކުރުމަށް މިފްކޯއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އައި މި ބަދަލާއެކު، ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ހިންގުމާ ހަވާލުވާނެ އާ ފަރާތަކާމެދު ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

  • މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މަޤާމުން އިސްތިއުފާ ދެއްވައިފި.
  • އިސްތިއުފާ ދެއްވި ސީދާ ސަބަބު އަދި ހާމަކޮށްފައެއް ނުވޭ.
  • މިއީ މިފްކޯގެ ހިންގުމަށް އައިސްފައިވާ ވަރަށް މުހިންމު ބަދަލެއް.
  • ކުރިއަށް އޮތް ތަނުގައި އާ ސީއީއޯއެއް އައްޔަނުކުރުމުގެ މަސައްކަތް ކުރިއަށްދާނެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުހަތު އިސްތިއުފާ ދެއްވައިފައިވާއިރު، އެކަން އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް މިއަދު ވަނީ އަންގަވައިފައެވެ.

އިސްތިއުފާ ދެއްވީ ސީދާ ކޮން ސަބަބަކާ ހެދިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

https://sun.mv/203353

މިފްކޯގެ ސީއީއޯގެ މަގާމަށް ފަރުހަތު އައްޔަންކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އޭގެ ކުރިން ހުންނެވީ ސްވިޒަލޭންޑަށް ނިސްބަތްވާ ޑރ. ލިއުބިމޮވްއެވެ. އޭނާ އެ ކުންފުންޏަށް ބޭރުގެ ސީއީއޯއަކު ހޯދަން ސަރުކާރުން ބޭނުންވުމުންނެވެ.

ފަރުހަތު އިސްތިއުފާ ދެއްވިއިރު، މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން، ތެޔޮ މަސްދަޅުގެ އަގުބޮޑުކޮށް އަލުން އަގުހެޔޮ ކޮށްފައި ވެސް ވެއެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ އެއީ ސަރުކާރަށް ނޭނގި ހިނގި ކަމެއް ކަމަށެވެ.

މިފްކޯއަކީ މިހާރު ދުނިޔޭގައި ހިނގަމުން އަންނަ ހަނގުރާމައިގެ ހާލަތަށް ބަލައި، ޚަރަދުކުޑަކުރަން ވެސް ފިޔަވަޅުތަކެއް އެންމެ ފުރަތަަމަ އިއުލާނުކުރި ކުންފުންޏެވެ.

ފަރުހަތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ސިފައިންގޭގެ ވައިސް ޗީފެވެ. އޭނާ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 29 ފެބްރުއަރީ 2012ގައެވެ.

ސިފައިން ގެއިން ރިޓަޔާވުމަށްފަހު ފަރުހަތު ދެން ފެނުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމުންނެވެ.

comment ކޮމެންޓް