ލެޔާއެކު މަގުމައްޗަށް ވެއްޓިފައި އޮތް މީހާ މަރުވެއްޖެ، އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ: ފުލުހުން

މާލޭގެ މަގެއް މަތީގައި ފުލުހެއް: ލެޔާއެކު މަގުމައްޗަށް ވެއްޓިފައި އޮތް މީހާ މަރުވެއްޖެ ކަމަށާއި އޭނާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި އަނގައިން ލޭ އައިސް ޚަބަރު ހުސްވެފައި އޮއްވައި ފެނުނު އިންޑިއާ ފިރިހެނަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ. ދިވެހި ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި އެހެން ފަރާތެއްގެ ބައިވެރިވުމެއް އޮތްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • ހެންވޭރު ކަޅުހުރާ މަގުން ފެނުނު މީހާ ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި
  • މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް
  • އޭނާ ފެނުނުއިރު އަނގައިން ލޭ އައިސްފައިވޭ އަދި އޮތީ ޚަބަރު ހުސްވެފައި
  • އެހެން މީހެއްގެ ބައިވެރިވުމެއް މި މަރުގައި އޮތްކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފައިވޭ
  • ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން

އަނގައިން ލޭ އައިސް، ޚަބަރު ހުސްވެފައި މާލޭގެ މަގެއް މަތީގައި އޮތްވައި ފެނުނު މީހާ ރޭ މަރުވެފައިވާ ކަމަށާއި، އޭނާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ރޭ ވަނީ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ޚަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު އިރުއޮއްސި 18:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ މުއައްސަސާއިން ބުނީ އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް، ރޭ 20:00ހާއިރު ދިން މައުލޫމާތުގައި ހިމަނައިފައިނުވެއެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

އެއީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

"މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ މީހާ ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވެއެވެ." ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް