ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ދެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބި، ފަރުވާދެނީ

މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސް މަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު -- ފޮޓޯ/ އެމްވީ ކްރައިސިސް

މާލޭގެ ބޮޑުތަކުރުފާނު މަގާއި ހިތިގަސް މަގު ގުޅޭ ސަރަހައްދުގައި މިއަދު މެންދުރުފަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ކާރެއްގެ ފަހަތުގައި ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލުގެ ފަހަތުގައި އިން އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މި ދެމީހުންނަށް ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • މާލޭގެ ބޮޑުތަކުރުފާނު މަގާއި ހިތިގަސް މަގު ގުޅޭ ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގުން.
  • އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެންކަން ފުލުހުން ހާމަކުރުން.
  • ސައިކަލުގައި ތިބި 22 އަހަރުގެ ޒުވާނަކަށާއި 19 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބުން.
  • އަނިޔާވި ދެ ޒުވާނުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދިއުން.
  • މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދިއުން.

މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސް މަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ދެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސް މަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު މެންދުރުފަހު 14:16 ކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސް މަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު -- ފޮޓޯ/ އެމްވީ ކްރައިސިސް

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ މީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ފަހަތުގައި އިން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް