ހިއުމަން ރައިޓްސް ކޮމިޝަންގެ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހު ހަމަވާތީ އެ މަގާމުތަކަށް އައްޔަންކުރަން ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
އެގޮތުން ރައީސް ފޮނުއްވި ދެ ނަމަކީ:
- މުހައްމަދު ފާރިސް ތާހާ / ހ. ސޯސަން
- މުހައްމަދު ޝަފީޤް މަހްމޫދު / މ. ޕޮޕީ
މި ދެ ބޭފުޅުންގެ ނަން ރައީސް ފޮނުއްވީ އެ ކޮމިޝަންގައި މިހާރު ހުންނެވި ނައިބު ރައީސް މުއުމިނާ ވަހީދާއި އެ ކޮމިޝަންގެ މެންބަރު އާމިނަތު ޝިފާޢަތު އަބްދުއްރައްޒާޤްގެ ދައުރު އަންނަ މަހުގެ އަށްވަނަ ދުވަހު ހަމަވާތީއެވެ.
ރިޔާސަތުން ވަނީ ފާރިސްގެ ނަމާއި ތާހާގެ ނަން ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.
އެޗްއާރުސީއެމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފާރިސް ވަނީ ވިލާ ކޮލެޖުން ގާނޫނީ ރޮނގުން މިދިޔަ އަހަރު މާސްޓާސް ހާސިލްކުރައްވައިފައެވެ. މީގެ ކުރިން އެންސީއޭއޭގައި އަދި ޔޫތު މިނިސްޓްރީގައި ވެސް މަސައްކަތްކުރައްވާފައިވެއެވެ.