ހާފިޒުންގެ އެލަވަންސް 2،000 ރުފިޔާއިން 4،000 ރުފިޔާއަށް ބޮޑުކޮށްފި

ހާފިޒުންގެ ދަސްވެނިވުން: ހާފިޒުންގެ އެލަވަންސް 4،000 ރުފިޔާއަށް ބޮޑުކޮށްފި --- ފޮޓޯ/ ރައީސް އޮފީސް

ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން ރައީސުލްޖުމުހޫރިއްޔާގެ ވައުދުފުޅާ އެއްގޮތައް ހާފިޒުންގެ އެލަވަންސް ބޮޑު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ދެމުން ދިޔަ 2،000 ރުފިޔާގެ އެލަވަންސް ވަނީ 4،000 ރުފިޔާއަށް ބަދަލުކޮށްފައި ކަަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އިއްޔެ ވަނީ ހާފިޒުންނަށް ބޮޑުކުރި އެލަވަންސް ވެސް ޖަމާކޮށްދީފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހާފިޒުންގެ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުއެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އެކަން އިއުލާނުކުރައްވާފައެވެ.

https://www.sun.mv/207718

މީގެ ކުރިން ރައީސް ވިދާޅުވީ މީގެކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށެވެ.

ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނަކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން އެ ކަމަށް ޚާއްސަ ހޭދައެއްކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހާފިޒްކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ޚާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޒުންނަށް ލިބޭނެއެވެ.

comment ކޮމެންޓް