ނޫނު އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 14:04 ހާއިރުއެވެ. ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން ރިސޯޓުގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
- ނޫނު އަތޮޅު ސޮނެވާ ޖާނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވުން.
- މެންދުރުފަހު 14:04 ހާއިރު ފުލުހުންނަށް ރިޕޯޓުކުރުން.
- ފުލުހުންނާއި އެމްއެންޑީއެފް އަދި ރިސޯޓު މުވައްޒަފުން ގުޅިގެން އަލިފާން ނިއްވާލުން.
- މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވުން.
ނ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު ފަހު 14:04 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން ރިސޯޓުގެ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރި ކަމަށް ފުލުހުން މައުލޫމާތުދިނެވެ.