ހިޔާގެ 8 ޓަވަރާއި ވިނަރެސް ޓަވަރުތަކަކުން ކަރަންޓު ކެނޑިއްޖެ

ހިޔާ ފްލެޓުތައް--- ސަން ފޮޓޯ/ ޢަބްދުﷲ ޙުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހިޔާ ފްލެޓްތަކުގެ އެކަކުން ފެށިގެން އަށަކާ ހަމައަށް ހުރި ޓަވަރުތަކުންނާއި ބައެއް ވިނަރެސް ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. މިކަން ސްޓެލްކޯއިން ކަށަވަރުކޮށްދީފައިވީ ނަމަވެސް، ކަރަންޓު ކެނޑެން މެދުވެރިވި ސަބަބުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ފަހަކަށް އައިސް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް ދަނީ އާންމުކޮށް ކުރިމަތިވަމުންނެވެ.

  • ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން
  • ހިޔާގެ 1 އިން 8 ވަނަ ޓަވަރަށް ކަރަންޓު ކެނޑިފައިވުން
  • ވިނަރެސްގެ ބައެއް ޓަވަރުތަކުންވެސް ކަރަންޓު ގޮސްފައިވުން
  • ސްޓެލްކޯއިން މިކަން ކަށަވަރުކޮށްދިން ނަމަވެސް ތަފްސީލެއް ނުދިނުން
  • މާލެއާއި ހުޅުމާލޭގައި ކަރަންޓުގެ މައްސަލަތައް އާންމުވުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ އަށް ޓަވަރަކާއި، ވިނަރެސް ޓަވަރުތަކަކުން ކަރަންޓު ގޮސްފިއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ގޮސްފައިވަނީ ވިނަރެސްގެ ޓަވަރުތަކަކާއި، ހިޔާ، 1،2،3،4،5،6،7 އަދި 8ވަނަ ޓަވަރުންނެވެ.

މީގެ އިތުރުން ފަހިދިރިއުޅުން ފްލެޓްތަކުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.

"ސަން"އަށް މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހިއްސާ ނުކުރެއެވެ.

މާލެއާއި ހުޅުމާލެއިން ވެސް ކަރަންޓު ކެނޑުމުގެ މައްސަލަތައް މިހާރު އަންނަނީ ދޭތެރެއަކުން ދިމާވަމުންނެވެ.

comment ކޮމެންޓް