ދެ ދުވަސް ކުރިން ވަކިކުރި ސަލްމާގެ ވަޒީފާ އިޔާދަކޮށްފި

އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު --

ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަޤާމުން ވަކިކުރެއްވުމަށްފަހު، ދެ ދުވަސް ފަހުން އެނބުރި ވަޒީފާ އިޔާދަކޮށްދީފިއެވެ. މިކަން ހިނގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި ސަރުކާރާ ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން އަސްމާގެ ދަރިފުޅު މުޙައްމަދު ޙުސައިން ޝަރީފުވެސް މަޤާމުން ވަކިކުރިއެވެ. ނަމަވެސް އަނެއް ދަރިފުޅު އާމިނަތު ޙުސައިން ޝަރީފު ވަކިނުކުރާކަން ވަނީ ޔަޤީންވެފައެވެ. މި ބަދަލުތައް އައިސްފައިވަނީ ސަރުކާރަށް ފާޑުކިޔާފައިވާ އޯޑިއޯއެއް ލީކުވުމާއި، ފަހުން ބޭއްވި އިންތިޚާބުތަކުން ސަރުކާރު ހިންގާ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުމާ ގުޅިގެންނެވެ.

  • ޑރ. ސަލްމާ ރަޝީދު މަޤާމުން ވަކިކުރުމަށްފަހު އަލުން ވަޒީފާ އިޔާދަކޮށްފި
  • މެންބަރު އަސްމާ ރަޝީދާއި ސަރުކާރާ ދެމެދު އުފެދުނު މައްސަލަތަކެއްގެ ތެރެއިން ހިނގި ކަމެއް
  • ސަރުކާރަށް ފާޑުކިޔާފައިވާ އޯޑިއޯއެއް ލީކުވުމުން އައި ބަދަލުތަކެއް
  • ސަރުކާރަށް ފަހުގެ އިންތިޚާބުތަކުގައި ލިބުނު ނާކާމިޔާބީއާ ގުޅިފައިވާ މައްސަލައެއް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަސްމާ ރަޝީދާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރާ ގުޅުން ގޯސްވެފައި ވަނިކޮށް, މަގާމުން ވަކިކުރެއްވި އަސްމާގެ ކޮއްކޮ, ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ މަގާމު އަލުން އިޔާދަކޮށްފިއެވެ.

އަސްމާގެ ދަރިފުޅު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ސަލްމާ ވަޒީފާއިން ވަކިކުރީ މިދިޔަ ހޯމަ ދުވަހުއެވެ.

ސަލްމާގެ ގާތް މީހަކު މިއަދު "ސަން" އަށް ވިދާޅުވީ ހާރިޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ, ސަލްމާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް ކެންސަލް ކަމަށް މިހާރު އަންގާފައިވާ ކަމަށެވެ.

https://www.sun.mv/220225

ސަރުކާރުގެ މި ނިންމުމާ ގުޅޭގޮތުން ރަސްމީ ބަހެއް ހޯދާލުމަށް ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތަކަށް އެތައް ފަހަރަކު ގުޅައި މެސެޖު ކޮށްގެން ވެސް އެއްޗެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. މީގެ ކުރިން އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރާނަމަ ނުވަތަ އައްޔަން ކުރާނަމަ އިސްވެ އެ މައުލޫމާތު ސަރުކާރުތަކުން ފޯރުކޮށްދެއެވެ.

އެ އާއިލާގެ މެންބަރަކު އެ ދުވަހު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، އަސްމާގެ ދަރިފުޅު، ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިނުކުރާކަން މިހާރު ވަނީ ޔަގީން ވެފައެވެ.

އެ ބޭފުޅުން މަގާމުތަކުން ވަކިކޮށްފައި ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އޯޑިއޯއެއްގެ މައްސަލައާ ގުޅިގެންކަން 'ސަން' އަށް ވަނީ ކަށަވަރުވެފައެވެ.

އެ އޯޑިއޯގައި މެންބަރު އަސްމާ ވެސް ހިމެނޭހެން ދެ މީހަކު ވަނީ، ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބޭފުޅުން ވެސް މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް