އަނގައިން ލޭ އައިސް، ޚަބަރު ހުސްވެފައި އޮތް މީހަކު މާލޭގެ މަގެއް މަތިން ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

މާލޭގެ މަގެއް: އަނގައިން ލޭ އައިސް، ޚަބަރު ހުސްވެފައި އޮތް މީހަކު މާލޭގެ މަގެއް މަތިން ފެނިގެން ހޮސްޕިޓަލަށްވަނީ ގެންގޮސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ކައިރިން، އަނގައިން ލޭ އައިސް ޚަބަރު ހުސްވެފައި އޮތް ބިދޭސީ ފިރިހެނަކު ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އިރުއޮއްސި 18:18 ހާއިރުއެވެ. މި މީހާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • ހެންވޭރު ކަޅުހުރާ މަގުން ބިދޭސީ ފިރިހެނަކު ޚަބަރު ހުސްވެފައި އޮއްވާ ފެނިއްޖެ.
  • މި މީހާ ފެނުނުއިރު އަނގައިން ލޭ އަންނަކަމަށް ފުލުހުން މައުލޫމާތު ދީފައިވޭ.
  • މިހާރު މި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން.
  • މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 18:18 ހާއިރު.

އަނގައިން ލޭ އައިސް، ޚަބަރު ހުސްވެފައި އޮތް މީހަކު މާލޭގެ މަގެއް މަތިން ފެނިގެން، އައިޖީއެމް ހޮސްޕިޓަލަށް މިއަދު ގެންގޮސްފިއެވެ.

ފުލުހުން ބުނީ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ޚަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު އިރުއޮއްސި 18:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ މުއައްސަސާއިން ބުނީ އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެއެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް