މަޝްރޫއުތަކަށް ކުރާ ހޭދަދަށްވެ، ދައުލަތުގެ ޚަރަދުތައް 17.4 އިންސައްތަ ދަށަށް

ރައީސް މުއިއްޒާއި މާލީ ވަޒީރު ޒަމީރު: މި އަހަރުގެ ހަތް މަސް ނިމުނުއިރު، ބަޖެޓުގެ ސާޕްލަސް ދެމެހެއްޓުމުގައި ރިކޯޑެއް ހަދާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނޭ -- ފޮޓޯ/ ރައީސް އޮފީސް

މިއަހަރުގެ ހަތް މަސް ނިމުނުއިރު، މަޝްރޫއުތަކަށް ކުރާ ހޭދަދަށްވެ، ދައުލަތުގެ ޚަރަދުތައް 17.4 އިންސައްތަ ދަށަށްގޮސްފައި ވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

މި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 17.4 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. ދައުލަތުގެ ބަޖެޓުގެ ބެލެންސް 314.3 މިލިއަން ރުފިޔާގައި ހުރިއިރު، މި ބެލެންސް ސާޕްލަސްއެއްގައި ދަމަހައްޓައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ދައުލަތުގެ ބަޖެޓުގެ ބެލެންސް 6.4 ބިލިއަން ރުފިޔާގައި ހުރިއިރު، އޭގެ ކުރިން، 2023ވަނަ އަހަރު އެމުއްދަތުގައި ދައުލަތުގެ ބަޖެޓުގެ ބެލެންސް ހުރީ 4.2 ބިލިއަން ރުފިޔާގައެވެ.

މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޚަރަދުކޮށްފައިވަނީ 21.9 ބިލިއަން ރުފިޔާއެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މުދަލާއި ޚިދުމަތުގެ އަގުން ނަގައި ޓެކްސް (ޖީއެސްޓީ)އަށް 9.54 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ޖެނެރަލް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީޖީއެސްޓީ)އަށް ލިބުނު 2.87 ބިލިއަން ރުފިޔާއާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ)އަށް 6.67 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ބަޖެޓް އަރަނިވިކަން ސަރުކާރުން ފާހަގަކުރާއިރު، އޭގެ މައިގަނޑު ސަބަބެއް ކަމަށް ތަފާސްހިސާބުން ދައްކަނީ މަޝްރޫއުތަކަށް ކުރާ ޚަރަދު ވަރަށް ބޮޑަށް މަދުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ޚަރަދު 6.87 ބިލިއަނަށް އަރާ ނަމަވެސް މި އަހަރު އެ އަދަދު ހުރީ 60.8 ޕަސެންޓް ދަށްކޮށް، 2.70 ބިލިއަން ރުފިޔާގައެވެ.

މި ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް މިދިޔަ އަހަރަށްވުރެ ދަށްވި ނަމަވެސް މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރައާއި އިނާޔަތްތަކަށް ޚަރަދު ކުރީ 7.85 ބިލިއަން ރުފިޔާ ނަމަވެސް، މި އަހަރު 8.40 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ.

https://sun.mv/209581

ރާއްޖެއިން ހިލޭ އެހީ ހޯދަން އާންމުކޮށް ވެސް ބަޖެޓުގައި ބޮޑެތި އަދަދުތައް ޖަހާ ނަމަވެސް، އެއާ އެއްވަރަަށް ފައިސާ ނުލިބެއެވެ. ނަމަވެސް، އެ ލިބޭ އަދަދު ވެސް މިހާރު ދަނީ އަހަރުން އަހަރަށް ދަށްވަމުންނެވެ. އެގޮތުން މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިލޭ އެހީއަށް 1.47 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތް ނަމަވެސް އޭގެ ތެރެއިން ދެބައިކުޅަ އެއް ބަޔަށްވާ ފައިސާ ވެސް ނުލިބެއެވެ. އެގޮތުން، މިދިޔަ އަހަރު ހިލޭ އެހީއަށް ލިބިފައިވަނީ 660 މިލިއަން ރުފިޔާއެވެ.

ރާއްޖެއަށް އެންމެ ގިނައިން ލޯނާއި ހިލޭ އެހީ ދޭ ގައުމުތަކުގެ ތެރޭގައި ޗައިނާއާއި އިންޑިއާ ހިމެނެއެވެ

comment ކޮމެންޓް