ދިރާގު "އީދު ބޮލަށް ގޮން" – 2 ޑީޖޭއައި ޑްރޯން ހޯދުމުގެ ފުރުސަތު

ދިރާގުން ބޮޑު އީދަށް ޚާއްސަކޮށްގެން "އީދު ބޮލަށް ގޮން"ގެ ނަމުގައި ކުރިއަށްގެންދާ ފޯރިގަދަ ސޯޝަލް މީޑިއާ ގިވްއަވޭގައި ބައިވެރިވެގެން އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ، ދިރާގު އިންސްޓަގްރާމާއި ފޭސްބުކާއި އެކްސްގައިވާ މި ގިވްއަވޭގެ ޚާއްސަ ޕޯސްޓުތަކުގެ ކޮމެންޓް ބައިގައި "އީދު ބޮލަށް ގޮން" ޖަހަން ބޭނުންވާ ރައްޓެހިން ޓެގްކުރުމެވެ. ކިތަންމެ ގިނަ ރައްޓެހިންނެއް ކިތަންމެ ފަހަރަކު ވެސް ޓެގް ކުރެވޭނެއެވެ. އެހެންކަމުން، ކޮންމެ ޓެގްއަކާއެކު އިނާމު ލިބުމުގެ ފުރުސަތު އިތުރުވާނެއެވެ.

"އީދު ބޮލަށް ގޮން"ގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީޑްރޯ މެދުވެރިކޮށް ތިން ނަސީބުވެރިއެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ނަސީބުވެރިންނާއި އެ ފަރާތްތަކުން ޓެގް ކުރި ފަރާތަށް ކަނޑައަޅައިފައިވާ އިނާމުތަކަކީ:

· ފުރަތަމަ އިނާމު: 2 ޑީޖޭއައި ޑްރޯން

· ދެވަނަ އިނާމު: 2 އެޕަލް އެއާޕޮޑްސް (ތާޑް ޖެނެރޭޝަން)

· ތިންވަނަ އިނާމު: 2 ސެމްސަންގް ގެލެކްސީ ފިޓް 3 ސްމާޓްވޮޗް

މި ޚާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.

ދިރާގުން ދަނީ އެކިއެކި ޚާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ތަފާތު އެކި ހަރަކާތްތައް އަގުހުރި އިނާމުތަކާއެކު ކުރިއަށްގެންދަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް