ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ބޮޑު އީދަށް ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
މި އޮފާތަކާއެކު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ އެންމެހާ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބޭނެއެވެ.
އެ އޮފާތައް ލިބޭ ޕެކޭޖްތަކަކީ:
· ސަޅި މަންތްލީ x2: މި ޕެކޭޖުން ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ އަދި އިތުރު 30ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
· ސަޅި މަންތްލީ x3: މި ޕެކޭޖުން ކަސްޓަމަރުންނަށް ދުވާލަކު 6ޖީބީ އަދި އިތުރު 45ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
· މަންތްލީ 450: މި ޕެކޭޖުން ކަސްޓަމަރުންނަށް 30ޖީބީ އަދި އިތުރު 7ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
· މަންތްލީ 500: މި ޕެކޭޖުން ކަސްޓަމަރުންނަށް 35ޖީބީ އަދި އިތުރު 8ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
· މަންތްލީ 600: މި ޕެކޭޖުން ކަސްޓަމަރުންނަށް 50ޖީބީ އަދި އިތުރު 12ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
· 100ޖީބީ 30 ދުވަހަށް: މި އެޑް-އޮން އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް 100ޖީބީ އަދި އިތުރު 25ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
މި ހުރިހާ އޮފާތަކެއް ވެސް އަންނަ މަހުގެ 10ގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓްކުރެވޭނެއެވެ. އަދި، އަޕްގްރޭޑްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެއެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.