މާލޭގެ ހެންވޭރު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން "ސަން"އަށް ބުނީ، ހެންވޭރުގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ފާހާނާތެރޭގަ މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ގ. ލަންކާ، އަބްދުﷲ މުފީދު ކަމަށާއި އެއީ 46 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އާންމުން އެއްވެފައި: ހެންވޭރުގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ފާހާނާތެރޭގަ މަރުވެފައި އޮތް މީހަކު ވަނީ ފެނިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހަރަކާތްތެރިވަނީ ހެންވޭރު ދަނޑު ކައިރީގައި އޮންނަ ވައިލެޓް މަގުގައެވެ.
އެ ސަރަހައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމެއް ވެސް ހަރަކާތްތެރިވަމުންދެއެވެ.