ޅ. ނައިފަރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ގެއްލިގެން ހޯދަން އިއުލާނުކުރީ، ޅ. ނައިފަރު، ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އެ ކުއްޖާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށެވެ.
އޭރު ލައިގެންހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ، އެކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ގުޅުމަށް އެދިފައެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވެސް އެކުއްޖާ ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކުރިއެވެ. އާންމުކޮށް މާލެ ސަރަހައްދުން ގެއްލިގެން ރިޕޯޓުކުރާ މީހުން ގެއްލޭތާ މާ ގިނަ ދުވަސްތަކެއްނުވެ، ފެނެއެވެ.