ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ ވަކިކޮށްފި

ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިނަޔާ: އޭނާ އެ މަގާމުން ވަނީ ވަކިވެފައި -- ފޮޓޯ/ ރައީސް އޮފީސް

ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި މއ. ރެސްޓިންހައުސް, ފާތިމަތު އިނާޔާ އެ މަގާމުން ވަކިކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ ވަނީ ވަކިކޮށްފައެވެ. ނަމަވެސް އެއީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފުނުވެއެވެ.

ނަމަވެސް އެ މަގާމަކީ ރައީސް އައްޔަންކުރައްވާ މަގާމެއްކަމުން، ރައީސް ބޭނުންފުޅުވުމުން އެ މަގާމުގައި ހުންނަވާ ބޭފުޅާ ބަދަލުކުރެއްވުމުގެ ފުރުސަތު އޮންނާނެއެވެ.

އިނާޔާ ވަނީ އޭނާ ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުރި ދުވަސްވަރު ކުރި މަސައްކަތަށް ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދައިކުރައްވައިފައެވެ.

https://sun.mv/185962

ފޮރިން ސެކްޓްރީގެ މަގާމަށް ރައީސް ބޭފުޅަކު އައްޔަންކުރައްވަނީ ފޮރިން މިނިސްޓްރީގެ ސެކެޓްރީންގެ ތެރެއިން ބޭފުޅެކެވެ. އެހެންކަމުން ފޮރިން ސެކެޓްރީކަމުން ވަކިކުރި ނަމަވެސް މިނިސްޓްރީގައި އަދައިކުރާ ސެެކެޓްރީކަމުގެ މަގާމުގައި ދެމިހުރެވޭނެއެވެ.

އިނާޔާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރި އަންހެން ބޭފުޅާއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރީ ޑިސެމްބަރު 12، 2023 ގައެވެ.

ފޮރިން ސެކްރެޓެރީއަކީ ގައުމެއްގެ ޚާރިޖީ ކަންކަމާއި ޑިޕްލޮމެސީ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ސަރުކާރުގެ އިސް ބޭފުޅެކެވެ.

މި މަގާމުގެ ދައުރަކީ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ގައުމު ތަމުސީލުކުރުމާއި މުއާހަދާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމާއި ހާރިޖީ ސިޔާސަތު ތަރައްގީކޮށް ތަންފީޒު ކުރުމާއި އެމްބަސީތައް ބެލެހެއްޓުމާއި ބައިނަލްއަގުވާމީ ކަންކަމުގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ކީ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.

comment ކޮމެންޓް