ވާނީގައި ފުހުންގެ ތަމްރީނު ހަދަމުންދިޔަ ޒުވާނެއްގެ ހާލު ވަރަށް ސީރިއަސްވެ، މާލެ ގެނެސްފި

ފުލުހެއް މަގުމަތީގައި: ތަމްރީނު ހަދަމުންދިޔަ ފުލުހެއްގެ ހާލު ސީރިއަސްވެގެން ވަނީ މާލެ ގެނެސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަމުންދިޔަ މީހެއްގެ ހާލު ދެރަވެ، އިތުރު ފަރުވާއަށް މިއަދު މާލެއަށް ގެނެސްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެކްޓަރުގައި މިއަދު ފަތިހު 4:21ހާއިރު، ދަރިވަރުންނަށް ގޮވަމުން ދިޔައިރު 34 އަހަރުގެ ރެކްރޫޓެއް ޚަބަރެއް ނެތި އޮތްކަން ފާހަގަވި ކަމަށެވެ.

އޭނާ 4:27ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން 4:48ގައި އިތުރު ފަރުވާއަށް އޭނާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ.

އެއަށްފަހު 13:22ގައި އެއާ އެމްބިއުލާންސްގައި އޭނާ ވަނީ މާލެ ގެނެސްފައެވެ.

ފުލުހުން ބުނީ އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ދެރަވާން މެދުވެރިވި ސަބަބެއް ނުވަތަ އެއީ އިތުރު ބައްޔެއް ހުންނަ މީހެއް ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް އައިޖީއެމްއެޗްގެ ބަހެއް ލިބިފައިނުވެއެވެ.

comment ކޮމެންޓް