އަނިލް ކަޕޫރު މިފަހަރު ދިވްޔާ ކޯސްލާއާ އެކު

އަނިލް ކަޕޫރު އަދި ބަތަލާ ދިވްޔާ ކޯސްލާ އެކީގައި ފުރަތަމަ ފަހަރަށް ފެންނާނެ ފިލްމު "ސާވީ: އަ ބްލަޑީ ވައިފް"ގެ ޓީޒާ ރިލީޒްކޮށް ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފިއެވެ.

ފިލްމަށް ދެވިފައިވާ ނަމާ އެއްގޮތަށް މިއީ މިހާތަނަށް އަނިލް ކަޕޫރު ސިނަމާއިން ފެނިފައި ނުވާނެ ފަދަ ރޯލަކުން ބެލުންތެރިންނަށް ދައްކާލާނެ ފިލްމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ބަތަލާ ދިވިޔްސާ ކޯސްލާގެ ފިރިމީހާ އަދި މަގުބޫލު ޕްރޮޑިއުސަރު ބުޝަން ކުމާރުގެ ޓީ-ސީރީސް އާއި ބަޓް ކޭމްޕްގެ ވިޝަން އެންޓަޓެއިންމަންޓުން ގެނެސްދީ މި ފިލްމަކީ ތުރިލާއެކެވެ.

އަނިލް ކަޕޫރު އެންމެ ފަހުން ކުޅުނު ފިލްމު "ފައިޓާ"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ދިވްޔާ ކޯސްލާ އާއި އަނިލް ކަޕޫރުގެ އިތުރުން އެކްޓަރު ހަރްޝްވަރުދަން ރާނޭ ވަރަށް މުހިއްމު ރޯލަކުން ފެންނާނެއެވެ. މި ފިލްމަކީ ފިލްމު "ފޯސް 2" އަދި "ދެއްލީ ބެލީ" ފަދަ ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ އަބިނޭ ޑިއޯގެ އުފެއްދުމެކެވެ. ފިލްމު ސިނަމާއަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

ހިންދީ ސިނަމާގައި ދިގު ކެރިއަރެއް އޮތް ތަޖުރިބާކާރު އަނިލް ކަޕޫރަކީ އުމުރުން ދުވަސްވީ ނަމަވެސް ފިލްމީ މަސައްކަތުގައި ސާބިތުކަމާއެކު ހުރި ކާމިޔާބު ފިލްމީ ތަރިއެކެވެ. އަނިލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "ފައިޓާ" އިންނެވެ. އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި މި ފިލްމުގައި އަނިލް ކުޅެފައިވަނީ ވައިގެ އަސްކަރީ އެއާފޯސް ކޮމާންޑަރެއްގެ ރޯލެވެ.

comment ކޮމެންޓް