ދިރާގު މޯލްޑިވްސް ރިސޯޓް ފުޓްސަލް ލީގުގެ މާލޭ ދެކުނު ޒޯނުގެ ފައިނަލަށް އޮޅުވެލި ބީޗް ރިސޯޓް އެންޑް ސްޕާ އާއި ޖުމެއިރާ ވިއްޓަވެލި މޯލްޑިވްސް ދަތުރުކޮށްފި އެވެ.
އެ މުބާރާތުގެ ފައިނަލަށް ޖުމެއިރާ އާއި އޮޅުވެލި ދަތުރުކުރީ ފިހާޅޮހި އައިލެންޑް ރިސޯޓުގައި ކުޅުނު ސެމީ ފައިނަލު މެޗުތަކުން މޮޅުވެގެންނެވެ.
އިއްޔެ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ފިހާޅޮހި އައިލެންޑް ރިސޯޓު އަތުން އޮޅުވެލި މޮޅުވެފައިވަނީ 4-5 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޮޅުވެލި ރިސޯޓުގެ އަބްދުލް ސަމީއު ޚަލީލް އެވެ.
އިއްޔެ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ވެލައްސަރު ރިސޯޓް އަތުން ޖުމެއިރާ މޮޅުވީ 1-0 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޖުމެއިރާގެ އަހްމަދު ޖަލީލް އެވެ.
އެ މުބާރާތުގެ މާލޭ ދެކުނު ޒޯނުގައި ޖުމްލަ ހަތް ޓީމެއް ބައިވެރިވެފައިވެ އެވެ. އެއީ ޖުމެއިރާ އާއި، އޮޅުވެލި އާއި، ފިހާޅޮއްސާއި، ވެލައްސަރާއި، ކަނޑޫމާ އާއި، އަނަންތަރާ އާއި ކޮކޯ އެވެ.
އެ މުބާރާތުގެ ފައިނަލުގައި ޖުމެއިރާ އާއި އޮޅުވެލި ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ފިހާޅޮހި އައިލެންޑް ރިސޯޓުގައެވެ.