ނިމުނު ހަފުތާގައި އެމްއެންޑީއެފް ކޯސްޓުގާޑުން ބަލިމީހުން އުފުލުމުގެ 50 ދަތުރު ކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، ނިމުނު ހަފުތާގެ އަންގާރަ ދުވަހުން ފެށީގެން މި ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ކޯސްޓްގާޑުގެ އުޅަނދުފަހަރުގައި 50 ދަތުރެއް ވަނީ ކޮށްފައެވެ.
އެގޮތުން އެ މުއްދަތުގެ ތެރޭގައި ކޯސްޓްގާޑް ސްކޮޑްރަން އެކަކުން ވަނީ ބަލިމީހުން އުފުލުމުގެ 29 ދަތުރެއް ކޮށްފައެވެ. އަދި ސްކޮޑްރަން ދެއަކުން ހަތްދަތުރެއް ކޮށްފައިވާއިރު، ސްކޮޑްރަން ތިނަކުން ވަނީ ނުވަ ދަތުރެއް ކޮށްފައެވެ. މީގެ އިތުރުން ސްކޮޑްރަން ހަތަރަކުން ފަސް ދަތުރެއް ކޮށްފައިވާއިރު، އެ ތަފާސްހިސާބުތަކުން ދައްކާގޮތުން ކޯސްޓްގާޑުގެ ސީއެންބިއުލާންސުން އެ މުއްދަތުގައި އެންމެ ދަތުރެއް ވެސް ކޮށްފައެއް ނުވެއެވެ.
https://x.com/MNDF_Official/status/2126357482641698989
ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު އޮކްޓޯބަރު މަހުގައި ކޯސްޓްގާޑް އުޅަނދުތަކުން ވަނީ ބަލިމީހުން އުފުލުމުގެ 250 އަށްވުރެ ގިނަ ދަތުރުތައް ކޮށްފައެވެ. އޮކްޓޯބަރު މަހުގެ ފުރަތަމަ 15 ދުވަހު 100 ފަހަރު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ވަނީ ބަލި މީހުން އުފުލައިފައެވެ.
ރާއްޖޭގައި ސީ އެމްބިއުލާންސްއާއި އެއާ އެމްބިއުލާންސްގެ ޚިދުމަތް ވެސް ދެމުން އަންނައިރު، އެ ދެ ޚިދުމަތް ފުޅާ ކުރުމަށް ސަރުކާރުން އަަންނަނީ މަސައްކަތް ކުރަމުންނެވެ.