އެމްއައިބީގެ "ފައިސާވެއާ" ޓެގު ހިލޭ ލިބޭ ކެމްޕެއިނެއް ފަށައިފި

އެމްއައިބީގެ ފައިސާވެއާ ޓެގު-- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށް ހިލޭ ފައިސާވެއާ ޓެގް ލިބޭ "ކަނޑާލާ ޓެގް ކެމްޕޭން" ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕެއިނުގެ މަގުސަދަކީ ކޭޝް ކާޑު ގެންގުޅުމަކާ ނުލައި، ފޯނު ނުވަތަ ވޮލެޓްގައި ހަރުކޮށްލެވޭ ލުއި ފައިސާވެއާ ޓެގު މެދުވެރިކޮށް ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ކަސްޓަމަރުންނަށް ތަޖުރިބާކޮށްދިނުންކަމުގައި އެމްއައިބީން މައުލޫމާތު ދެއެވެ.

މި ކެމްޕެއިނުގެ ދަށުން އެޕްލިކޭޝަން ފީ (300 ރުފިޔާ) އާއި އަހަރީ ފީ (200 ރުފިޔާ) މާފުކޮށް، ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއް ޓެގް ހިލޭ ލިބޭނެކަމަށާއި ނަމަވެސް މި ފީތައް މާފުވެފައި އޮންނާނީ ޓެގު ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެ ޓެގުން މަދުވެގެން އެއް މުއާމަލާތް ކުރުމުންކަމަށް އެމްއައިބީން ބުނެއެވެ.

އެ މުއްދަތުގައި ޓެގު ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ނުކޮށްފިނަމަ، ފުރަތަމަ އަހަރުގެ ފީތައް ކަސްޓަމަރުގެ އަތުން ނެގޭނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

އެމްއައިބީން ބުނިގޮތުގައި މިފަދަ ކެމްޕެއިންތަކުގެ ތެރެއިން އެ ބޭންކުން މަސައްކަތްކުރަނީ ޒަމާނީ ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންގެ ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކަށް އިތުރު ލުއިފަސޭހަކަން ގެނެސްދިނުމަށެވެ.

comment ކޮމެންޓް