ކަރަންޓު ކެނޑޭ ކުއްލި ހާލަތްތަކަށް ޚާއްސަ އިމަޖެންސީ ޕްލޭންތަކެއް އެކުލަވާލަނީ

ސްޓެލްކޯގެ މުވައްޒަފުން ކަރަންޓު މައްސަލަ ހައްލުކުރަނީ: ކަރަންޓު ކެނޑޭ ކުއްލި ހާލަތްތަކަށް ޚާއްސަ އެމަޖެންސީ ޕްލޭންތަކެއް އެކުލަވާލަނީ --- ފޮޓޯ: ސްޓެލްކޯ

ކަރަންޓު ކެނޑޭ ކުއްލި ހާލަތްތަކައް އަމާޒުކޮށްގެން ދުރާލައި ތައްޔާރުވުމަށް އިމަޖެންސީ ޕްލޭންތަކެއް އެކުލަވާލަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ރޭ ބުނެފިއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ، މި އަހަރުގެ ފެބުރުއަރީ 28 ވަނަ ދުވަހު ފެށި ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ މާކެޓާއި ލޯކަލް މާކެޓުގައިވެސް ތެލުގެ އަަގު ޑަބަލްވެގެން ދިޔަ ކަމަށެވެ.

އެހެންކަމުން ކުއްލިއަކަށް ތެލަށް ކުރަންޖެހޭ ހޭދަ، އޭގެ ދެގުނަ ޚަރަދުކުރަން ޖެހުމަކީ ރާއްޖެފަދަ ނާޒުކު އިގްތިސޯދަކަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުންނާނެ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެކަން ފިލާވަޅަކަށް ބަލަންޖެހޭ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންވީމަ އެ އަޅުގަނޑުމެން ފިލާވަޅަކަށް އެބަ ބަލަންޖެހޭ. މިއީ ފުރަތަމަ ފަހަރެއް ނޫން. އަޅުގަނޑުމެން ހަނދާންހުރޭ 1990ގެ ކުރީކޮޅު އޭރު ފެށުނު ގަލްފު ހަނގުރާމައިގެ ތެރޭގައިވެސް އަޅުގަނޑުމެން ހަމަގައިމުވެސް ރާއްޖޭގެ އެކި ތަންތަނުން [ލޯޑް ޝޭޑިން] ކަރަންޓު ކެނޑުނު ގަޑިތަކަކަށް ބަހާލައިގެން،އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުޙައްމަދު

މުއާވިޔަތު ވިދާޅުވީ ރާއްޖެއަކީ 100 ޕަސެންޓު ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވެގެން އުޅޭބައެއް ކަމަށާއި ދުނިޔޭގެ ކޮންމެ ތަނަކަށްް އަންނަ ކޮންމެ ލޮޅުމަކަށް ރާއްޖޭގެ ހަކަތައިގެ ނިޒާމަށް ބަދަލު އަންނާނެ ކަމަށާއި އެކަމަށް އެންމެ އެކަށީގެންވާ ގޮތަކަށް ތައްޔާރުވާން ޖެހޭކަމަށެވެ.

އޭނާ ވަނީ މިނިސްޓްރީއިން އެފަދަ ކަންތައްތަކަށް ތައްޔާރުވާނެ ގޮތްތައް ރާވަމުން އަންނަކަމަށާއި މިއަހަރުގެ ފެބުރުވަރީއިން ފެށިގެން މިހާ ހިސާބަށް އެވްރެޖްކޮށް 10 ވަރަކަށް ޕަސެންޓުގައި ހުންނާނެ ކަމަށް އަންދާޒާކުރި މި ސެކްޓާގެ ޖީޑީޕީ، މިހާރު 15 ޕަސެންޓަށްވުރެ މައްޗަށްދާނެ ކަމަށް ވިދާޅުވެފައެވެ. އެއީ ވަރަށް ގިނަ އެހެން ކަންތައްތަކަށް ޚަރަދުކުރެވެންހުރި ފައިސާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންވީމަ އެއީ ވަރަށް ބޮޑު ގޮންޖެހުމެއް. އެހެންވީމަ އަޅުގަނޑުމެން ކުރިއަށް އޮތްތަނުގަ މިކަހަލަ ކަންތައްތައް ދިމާވެދާނެތީވެ، އަޅުގަނޑުމެން ދުރާލާ ދުރުރާސްތާ ކަންތައްތަކެއް އެބަ ކުރަންޖެހޭ. އަދި ހަމަ އެއާއެކީގަ މި ވަގުތަށް ކުއްލިއަކަށް މި އަހަރު ނުވަތަ މި އަންނަ އަހަރަށް ކުރެވިދާނެ ކަންތައްތަކެއްްވެސް ރާވަމުންމިދަނީ،އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުޙައްމަދު

މުއާވިޔަތު ވަނީ އިއާދަކުރަނިވި ހަކަތައް ދިއުމަށް މިނިސްޓްރީއިން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ނަމަވެސް އެއީ އެއް ދުވަހަކުން ނުވަތަ ދެ ދުވަހަކުން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ. އެއީވެސް ވަރަށް އަގުބޮޑު ވަސީލަތެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް