ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފުލުހެއްގެ ގައިގައި ޖެހިއްޖެ؛ އޭޑީކޭގައި ދަނީ ފަރުވާ ދެމުން

މީގެ ކުރިން ހިނގި އެކްސިޑެންޓްގައި ދެ ގެއްލުން ލިބުނު ދެ ސައިކަލް -- ސަން ފައިލް ފޮޓޯ: ކިޔުންތެރިއެއް

ހައިވޭގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރޭ ފަތިހު 04:29 ހާއިރު ބާރު ސްޕީޑުގައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ، ބްރިޖް ހައިވޭގައި ޑިއުޓީ ކުރަމުންދިޔަ ފުލުހެއްގެ ގައިގައި ޖެހި ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ ސައިކަލު ވަނީ ޑިއުޓީގައި އެވަގުތު ތިބި އެހެން ފުލުހުން ހުއްޓުވާފައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެއީ މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ކަމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު އަނިޔާވި ފުލުސް އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ސައިކަލު ދުއްވި މީހާއަށް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ސައިކަލުގެ ފަހަތުގައި ދެން އިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

comment ކޮމެންޓް