ފީނަން ގޮސްއުޅުނު ދުވާފަރު ޒުވާނަކު މަރުވެއްޖެ

ރ ދުވާފަރު: ފީނަން ގޮސްއުޅުނު ދުވާފަރު ޒުވާނަކު މަރުވެއްޖެ -- ފޮޓޯ/ ދުވާފަރު ކައުންސިލް

ފީނަން ގޮސްއުޅުނު ރ. ދުވާފަރަށް ނިސްބަތްވާ ޒުވާނަކު މަރުވެއްޖެއެވެ.

އެ ހާދިސާގައި މަރުވީ އުމުރުން 30 އަހަރުގެ ރ. ދުވާފަރު، ލިލީމާގޭ، މުހައްމަދު ޝައްފާނެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް 'ސަން' އަށް ވިދާޅުވި ގޮތުގައި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 15:15 ހާއިރެވެ. އަދި އެ ޒުވާނާ މަރުވީ ފީނަން ގޮސް އުޅުމުގެ ތެރެއިން ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ހަމައެއާއެކު އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ޒުވާނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި މިހާރު އެ ޒުވާނާ އޮތީ ފުލުހުންގެ ތަހުގީގަށް ސީޓީ ސްކޭނެއް ހެދުމަށް އުނގޫފާރު ހޮސްޕިޓަލުގައި ބާއްވާފައި ކަމަށް ވިދާޅުވިއެވެ.

'ސަން' އަށް މައުލޫމާތު ދެމުން ދުވާފަރު ކައުންސިލުގެ ރައީސް އަހްމަދު ޝާހު ވިދާޅުވީ އެ ޒުވާނާގެ ހަށިގަނޑު އެ އަތޮޅު އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސް މިހާރު އޮތީ ފުލުހުންގެ ފޮރެންސިކް ތަހުލީލަށް ބޭނުންވާ ޓެސްޓުތައް ހެދުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޒުވާނާ ފެނިފައި ވަނީ ށ. މަރޮށި ކައިރިންނެވެ.

"ދެން އަޅުގަނޑަށް ވެސް ގުޅި ހަށިގަނޑު މިކޮޅަށް ގެންނަން ވެގެން، ދުވާފަރަށް އެރުވުމުގެ ހުއްދައަކަށް އެދި،" ކައުންސިލް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް