ގަވިންގެ ވީކެންޑް ސޭލް، ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު

ގަވިންގެ ވީކެންޑް ސޭލް، ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު --- ފޮޓޯ: ގަވިން

ގަވިން ވީކެންޑް ސޭލް ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ⁠ހުޅުމާލެ ގަވިން ޝޯރޫމް ކުރިމަތީ ބޭއްވުމަށް ނިންމައިފިއެވެ.

އެގޮތުން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގެ ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހަޔަކަށް ކުރިއަށްދާނެ ކަމަށް ގަވިންއިން ވަނީ ބުނެފައެވެ.

މިސޭލްގައި ގެއަށް ބޭނުންވާ ރަގާއި ފައިފުހީގެ އިތުރުން ކުއިލްޓް، ބެޑްޝީޓް، ކުށަން ކަވަރު ވެސް ހިމެނޭކަމަށް ގަވިންއިން ވަނީ ބުނެފައެވެ. އަދި ބެޑްޝީޓް ނުވަތަ ކުޝަން ކަވާ ފެހުމަށް ހާއްސަ ވަރަށް މޮޅު އަދި ރީތި ފޮތި 20 ރުފިޔާއަށް 15 ރުފިޔާއަށް މުށް ލިބޭނެ ކަމަށް ގަވިންއިން ވަނީ ބުނެފައެވެ.

⁠މި ތަކެތީގެ އިތުރުން ގަވިންގެ އަގުހުރި ވަރަށް ގިނަ ތަކެތީގައި ވެސް ސޭލް އަޅުވާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މިހާރު ގަވިންއިން ވިއްކާ 'އަވިން' ބްރޭންޑުގެ ދޮންނަ މެޝިނު ވެސް މިހާރު ވަރަށް ބޮޑުތަނުން އަގުހެޔޮކޮށްފައިވާ ކަމަށް ގަވިންއިން ވަނީ ބުނެފައެވެ.

ގަވިންގެ ވީކެންޑް ސޭލް ނިންމާލާނެ ވަކި ތާރީހެއް އަދި ނިންމާފައިނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު