މެޓާއިން "މެޓާ ވަން" ގެ ނަމުގައި އާ ސަބްސްކްރިޕްޝަން ޚިދުމަތެއް އަންގާރަ ދުވަހު ތައާރަފްކޮށްފިއެވެ. މި ޚިދުމަތުގެ ދަށުން ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން އިތުރަށް ހިފޭނެ ގޮތްތަކާއި ޕްރީމިއަމް ފީޗާތައް ލިބިގެންދާނެއެވެ. މިގޮތުން ފޮޓޯއާއި ވީޑިއޯ އުފެއްދުމަށާއި އެޑިޓްކުރުމަށް ބޭނުންކުރާ އޭއައި ޓޫލްތަކާއި، އިންސްޓަގްރާމްގައި ހިމެނޭ އޭއައި މެދުވެރިކޮށް މަސައްކަތްކުރާ ރީސްޓައިލް އެޑިޓިން ޓޫލް ފަދަ ވަސީލަތްތައް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ބޭނުންކުރެވޭނެއެވެ.
މި އާ ޕްލޭންތަކަކީ 2025 ވަނަ އަހަރު ސްކޭލް އޭއައި އަށް މެޓާއިން ކުރި 14.3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށްފަހު، އެ ކުންފުނީގެ މިއުސް އޭއައި މޮޑެލްތަކުން އާމްދަނީ ހޯދުމުގެ މަގުސަދުގައި ތައާރަފްކުރި ޕްލޭންތަކެކެވެ. އެ އިންވެސްޓްމަންޓާއެކު ސްކޭލް އޭއައިގެ ސީއީއޯ އެލެކްސެންޑާ ވޭންގް ވަނީ މެޓާގެ އޭއައި މަސައްކަތްތަކާ ހަވާލުވުމަށް އެ ކުންފުންޏާ ގުޅިވަޑައިގެންފައެވެ.
މި އާ ޕްލޭންތަކަކީ 2025 ވަނަ އަހަރު ސްކޭލް އޭއައި އަށް މެޓާއިން ކުރި 14.3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށްފަހު، އެ ކުންފުނީގެ މިއުސް އޭއައި މޮޑެލްތަކުން އާމްދަނީ ހޯދުމުގެ މަގުސަދުގައި ތައާރަފްކުރި ޕްލޭންތަކެއް ---މީގެ ކުރިން މިދިޔަ މާރިޗު މަހުވެސް މެޓާއިން ވަނީ އެ ކުންފުނީގެ މައިގަނޑު ސޯޝަލް އެޕްތަކަށް ސަބްސްކްރިޕްޝަން ޓިއަރތަކެއް ތައާރަފްކޮށްފައެވެ. އެއީ މަހަކު 3.99 ޑޮލަރު ދައްކަންޖެހޭ އިންސްޓަގްރާމް ޕްލަސް އާއި ފޭސްބުކް ޕްލަސްގެ އިތުރުން، 2.99 ޑޮލަރު ދައްކަންޖެހޭ ވަޓްސްއެޕް ޕްލަސް އެވެ.
މާކެޓް އިންޓެލިޖެންސް ފޯރުކޮށްދޭ އެޕްފިގާސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު 9 ވަނަ ދުވަހު ފެށުނު ހަފްތާގައި އިންސްޓަގްރާމްގެ ދުވަހުގެ އާމްދަނީ ވަނީ ދުނިޔޭގެ ނިސްބަތުން 1.2 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި ފޭސްބުކްގެ ދުވަހުގެ އާމްދަނީ 528،000 ޑޮލަރަށް އަރާފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު އިންސްޓަގްރާމް އަށް 475 އިންސައްތަ އަދި ފޭސްބުކް އަށް 143 އިންސައްތައިގެ ކުރިއެރުމެކެވެ.
މެޓާއިން މިހާރު ތައާރަފްކުރި އާ ސަބްސްކްރިޕްޝަންތަކުގެ ތެރޭގައި އޭއައި ގިނައިން ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ ޕްލޭންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި މަހަކު 7.99 ޑޮލަރުގެ ކޯ ޕްލޭން އާއި 19.99 ޑޮލަރުގެ ޕްރީމިއަމް ޕްލޭން ހިމެނެއެވެ. މި ދެ ޕްލޭންގައިވެސް ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ޕްލަސްގެ ފީޗާތައް ހިމެނޭއިރު، ޕްރީމިއަމް ޕްލޭންގައި އޭއައި ބޭނުންކުރެވޭ މިންވަރު އިތުރުވާނެއެވެ. ނަމަވެސް، މި ދެ ޕްލޭންގައި އޭއައި ބޭނުންކުރެވޭނެ ވަކި ލިމިޓެއް މެޓާއިން ހާމަކޮށްފައެއް ނުވެއެވެ. މެޓާއިން ބުނީ އެ ލިމިޓްތައް ގައުމުތަކާއި އެކި ސިސްޓަމްތަކުގެ ހާލަތަށް ބަލައި ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ޕްލޭންތަކުގެ ދަށުން މިއުސް އިމޭޖް އަދި މިއުސް ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ފޮޓޯއާއި ވީޑިއޯ އުފެއްދުމުގެ ފުރުސަތު ސަބްސްކްރައިބަރުންނަށް ލިބޭނެއެވެ. އަދި އޭއައި މެދުވެރިކޮށް އިންސްޓަގްރާމް ސްޓޯރީޒް އެޑިޓްކުރުމަށާއި، ވޮއިސް އިފެކްޓްސް އަދި ކްރިއޭޓިވް ޓޫލްސް އިތުރަށް ބޭނުންކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.
އާންމު ޔޫޒަރުންގެ އިތުރުން ވިޔަފާރިތަކާއި ކްރިއޭޓަރުންނަށް ވެސް މެޓާއިން ވަނީ ހަތަރު ޕްލޭނެއް ތައާރަފްކޮށްފައެވެ. އެއީ 14.99 ޑޮލަރުން ފެށޭ އެސެންޝަލް ޕްލޭން، 49.99 ޑޮލަރުން ފެށޭ އެޑްވާންސްޑް ޕްލޭން، 149 ޑޮލަރުން ފެށޭ އެކްސްޕާޓް ޕްލޭން އަދި 499 ޑޮލަރުން ފެށޭ މެކްސް ޕްލޭންއެވެ. މި ޕްލޭންތަކުގެ އަގުތަކާއި ލިބޭ ފީޗާތައް ސަރަޙައްދާއި އެޕް އަދި އެކައުންޓަށް ބަލައި ތަފާތުވުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓާއިން ފާހަގަކުރެއެވެ.
އެސެންޝަލް ޕްލޭންގައި ވިޔަފާރި ނުވަތަ ކްރިއޭޓަރުގެ ޕްރެޒެންސް މެނޭޖްކުރުމުގެ ވަސީލަތްތަކާއި، ކަސްޓަމަރުންނަށް ޖަވާބުދިނުމަށް މެޓާ ބިޒްނަސް އޭޖެންޓް ބޭނުންކުރުމުގެ ފުރުސަތު ފުޅާކޮށްދެއެވެ. އަދި ވަޓްސްއެޕް ބިޒްނަސް އެޕްގައި ވެރިފައިޑް ބެޖަކާއި ޗެނަލެއް ލިބުމުގެ އިތުރުން، އޮޅުވާލައިގެން އެހެން ފަރާތްތަކުން އެކައުންޓް ހަދާކަން ދެނެގަތުމުގެ ފީޗާވެސް ލިބެއެވެ.
މީގެ އިތުރުން ވެބްސައިޓާއި ލޮކޭޝަން އަދި ރިވިއުތައް ދައްކުވައިދޭ ފުރިހަމަ ޕްރޮފައިލްއަކާއި، ރީލްސްގައި ބޮޑު ފޮލޯ ބަޓަނެއް ހިމެނުމުގެ އިތުރުން ކޮންޓެންޓަށް ރިއެކްޓްކުރާ މީހުންނަށް އޮޓޮމެޓިކުން ފޮލޯ އިންވިޓޭޝަން ފޮނުވުން މި ޕްލޭންތަކުގައި ހިމެނެއެވެ.
އެޑްވާންސްޑް ޕްލޭންގައި އެސެންޝަލް ޕްލޭންގެ ފީޗާތަކުގެ އިތުރުން ގިނަ ކަންތައްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި 30 ދުވަސް ކުރިން ސްޓޯރީ ޝެޑިއުލްކުރުމާއި، އޯގަނިކް ޕޯސްޓްތަކާއި ރީލްސްގައި ލިންކް ހިމެނުމާއި، އެކްސްޕޯޓް ކުރެވޭ އެނަލިޓިކްސް ލިބުން ހިމެނެއެވެ. އަދި އޯޑިއަންސްއާ ގުޅޭ ފުން މައުލޫމާތާއި، ޓީމް މެމްބަރުންނަށް އެކައުންޓް އެކްސެސް ދިނުމާއި، އިތުރު ޑިވައިސްތައް ގުޅުވާލުމުގެ އިތުރުން ގިނަ ބިޒްނަސް ބްރޯޑްކާސްޓް ކްރެޑިޓްތަކާއި މެޓާ ބިޒްނަސް އޭޖެންޓްގެ ގިނަ ރެސްޕޮންސްތައް ލިބިގެންދެއެވެ. އެކްސްޕާޓް އަދި މެކްސް ޕްލޭންތަކަކީ މި ފީޗާތަކާއި މެޓާ ބިޒްނަސް އޭޖެންޓް ކެޕޭސިޓީ އެންމެ މަތީ ދަރަޖައަކަށް ލިބޭނެ ދެ ޕްލޭނެވެ.
މެޓާއިން ކުރިމަގުގައި އެންޑް-ޓު-އެންޑް މާކެޓިން، ބިޒްނަސް އޮޕަރޭޝަންސް، ކޮންޓެންޓް ކްރިއޭޝަން އަދި އޮޕްޓިމައިޒޭޝަން ފަދަ ކަންކަމަށް އެހީތެރިވުމަށް އިތުރު ފީޗާތަކާއި އޭޖެންޓް ސްކިލްތައް ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. އަދި ކޮންޓެންޓް އުފެއްދުމަށް ބޭނުންކުރާ އެޕް "އެޑިޓްސް" އަށް ޚާއްސަ ޕްލޭނެއް ކަމަށްވާ "އެޑިޓްސް ޕްލަސް" ވެސް މެޓާ ވަން އަށް ވަރަށް އަވަހަށް އިތުރުކުރާނެއެވެ. މީގެ ސަބަބުން އެކި ޑިވައިސްތަކުގައި ޕްރޮޖެކްޓްތައް ސިންކްކުރުމަށް އިތުރު ކްލައުޑް ސްޓޯރޭޖް ލިބި، އެޑިޓްސް އޭއައި އެސިސްޓެންޓް ބޭނުންކުރެވޭ މިންވަރު އިތުރުވެގެންދާނެއެވެ.
އާ ސަބްސްކްރިޕްޝަން ޓިއާތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ އޮޅުންތަކެއް އެރިނަމަވެސް، މިއީ މެޓާގެ އާމްދަނީ އިތުރުކޮށް އޭއައި އަށް ކުރި އިންވެސްޓްމަންޓްތަކުގެ ފައިދާ ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އެޕްފިގާސް އިން ފާހަގަކުރާ ގޮތުގައި ސެޕްޓެމްބަރު 9 ގައި މި ޕްލޭންތަކަށް ތަރުހީބު ލިބެން ފެށުމާއެކު އިންސްޓަގްރާމްގެ އާމްދަނީގެ 32 އިންސައްތަ އަދި ފޭސްބުކްގެ 39 އިންސައްތަ ހިއްސާކުރަނީ އެމެރިކާގެ ޔޫޒަރުންނެވެ. މިއީ އާންމުކޮށް ހުންނަ ނިސްބަތަށްވުރެ 10 އިންސައްތައިގެ ކުރިއެރުމެކެވެ.
ބީއެންޕީ ޕަރިބާސް އިން ލަފާކުރާގޮތުގައި މެޓާގެ މި ސަބްސްކްރިޕްޝަން ޕްލޭންތަކުގެ ސަބަބުން 2028 ވަނަ އަހަރު އަންނަންވާއިރަށް އެ ކުންފުނީގެ އާމްދަނީއަށް 13.5 ބިލިއަން ޑޮލަރު އިތުރުވެގެންދާނެއެވެ. އަދި ޓްރޫއިސްޓް އިން ލަފާކުރާގޮތުގައި 2030 ވަނަ އަހަރާ ހަމައަށް 20 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.