މެޑިކާ ހޮސްޕިޓަލުން މި އަހަރު ބާއްވާ ދެވަނަ ޚިތާނީ ކޭމްޕްގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފިއެވެ.
މެޑިކާ ހޮސްޕިޓަލުން ބުނި ގޮތުގައި، ޚިތާނީ ކޭމްޕުގައި ބައިވެރިވުމަށް މިއަދުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ 16ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މެޑިކާ ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕުގައި ޕެކޭޖް އަގަކީ، އާސަންދައިން ކެނޑުމަށް ފަހު 4،200 ރުފިޔާއެވެ. އެ ކޭމްޕުގެ ތެރެއިން ޚިތާނު ކުރުން ކުރިއަށްގެންދާނީ ޑިސެންބަރު 17އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 17ގެ ނިޔަލަށެވެ.
އެ ޚިތާނީ ޕެކޭޖްގައި ހިމެނެނީ:
• އޮޕަރޭޝަނުގެ ކުރިން އެނެސްތީސިއޮލޮޖިސްޓުންގެ ކޮންސަލްޓޭޝަން
• ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
• ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ޚިތާނުކުރުން
• އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
• އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރު ކުރުން
• ފޮލޯއަޕް ކޮންސަލްޓޭޝަން
• ޑްރެސިން ފުރަތަމަ އޮޕަރޭޝަނަށްފަހު
މެޑިކާ ހޮސްޕިޓަލުން ބުނި ގޮތުގައި، އެ ކޭމްޕުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމަކުންނެވެ. މި ޓީމުގައި ހިމެނޭ ޑޮކްޓަރުންނަކީ ޑރ. މުޙައްމަދު ޞާލިޙް، ޑރ. މުޙައްމަދު ޝަރީފް، އަދި ޑރ. ސަރްވާރް އިޤްބާލް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.