ސްކޫލްތަކުގެ މިޑް ޓާމް ބަންދާ ދިމާކޮށް، ދަރިވަރުންނަށް ޚާއްސަކޮށްގެން އައިކެއަރގެ ހުރިހާ އައުޓްލެޓްތަކެއްގައި ނަންބަރު އައިނު ފްރޭމްތަކުން 25 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އައިކެއަރއިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 26ގެ ނިޔަލަށެވެ. މިއީ ބަންދު ދުވަސްވަރު ދަރިވަރުންގެ ލޮލުގެ ޓެސްޓުތައް ހަދައި، ސްކޫލްތައް ހުޅުވުމުގެ ކުރިން އައިނު އައުކޮށްލަން ބެލެނިވެރިންނަށާއި ދަރިވަރުންނަށް ލިބޭނެ ރަނުގެ ފުރުސަތެއްކަން އައިކެއަރއިން ފާހަގަކުރެއެވެ.
އެ އޮފާ ހުޅުވާލައިފައިވަނީ އުމުރުން 25 އަހަރުން ދަށުގެ ސްކޫލް އަދި ކޮލެޖް ދަރިވަރުންނަށެވެ. ޑިސްކައުންޓް ލިބޭނީ އައިނު ބޭނުންކުރާ ދަރިވަރު އައިކެއަރގެ އައުޓްލެޓަށް ހާޒިރުވެގެންނެވެ.
މީގެ އިތުރުން، އުމުރުން 18 އަހަރުން މަތީގެ ދަރިވަރުން ޑިސްކައުންޓް ހޯދުމަށް ސައްހަ ސްޓޫޑެންޓް އައިޑީ ކާޑު ނުވަތަ ކިޔަވާކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.
އައިކެއަރއިން މައުލޫމާތު ދޭ ގޮތުގައި 25 އިންސައްތައިގެ ޑިސްކައުންޓް ލިބޭނީ ހަމައެކަނި ފްރޭމްތަކަށެވެ. އެގޮތުން ޝަރުތު ހަމަވާ ދަރިވަރަކަށް އެއް ފްރޭމަށްވުރެ ގިނަ ފްރޭމް ވެސް ޑިސްކައުންޓް އަގުގައި ގަތުމުގެ ފުރުސަތު އޮންނާނެއެވެ.
އެ ޕްރޮމޯޝަން އައިކެއަރގެ ހުރިހާ އައުޓްލެޓެއްގައި ވެސް ކުރިއަށްދާނެއެވެ. އިތުރު މައުލޫމާތު އައިކެއަރގެ ވެބްސައިޓް https://eyecare.mv/offersއިންނާއި އެންމެ ކައިރީގައި ހުރި އައިކެއަރ އައުޓްލެޓަކަށް ޒިޔާރަތްކުރުމުން ލިބޭނެއެވެ.