ދުނިޔޭގެ މަޝްހޫރު "ސްޕަބްރޭންޑްސް" ރާއްޖޭގައި ރަސްމީކޮށް ލޯންޗުކޮށްފި

ދުނިޔޭގެ މަޝްހޫރު "ސްޕަބްރޭންޑްސް" ރާއްޖޭގައި ރަސްމީކޮށް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޓަރާންސް މީޑިއާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ ގައުމުތަކެއްގައި އެންމެ މަގްބޫލު، ފާހަގަކޮށްލެވޭ އަދި އިތުބާރު ބޮޑު ބްރޭންޑްތައް ދެނެގަނެ، އެ ބްރޭންޑްތައް މިންކުރާ ބައިނަލްއަގްވާމީ ޕްލެޓްފޯމް "ސްޕަބްރޭންޑްސް" ރާއްޖޭގައި ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

މާލޭގެ މަންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި "ސްޕަބްރޭންޑްސް މޯލްޑިވްސް" އިފްތިތާޙު ކޮށްދެއްވީ އަލްފާޟިލް ޢަލީ ޙުސައިން ދީދީ (އަލްދީ) އެވެ.

ދުނިޔޭގެ މަޝްހޫރު "ސްޕަބްރޭންޑްސް" ރާއްޖޭގައި ރަސްމީކޮށް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޓަރާންސް މީޑިއާ

މި ރަސްމިއްޔާތުގައި ޢަލީ ޙުސައިން ދީދީ ދެއްކެވި ވާހަކަފުޅުގައި، ސްޕަބްރޭންޑްސްގެ ސަބަބުން މަޝްހޫރު މޮޅު ބްރޭންޑްތައް ދެނެގަނެވުމުގެ އިތުރުން، ތަކެއްޗާއި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން މުހިންމުވެ، ފެންވަރު ހިފެހެއްޓުމަށް އީޖާދީ ޙައްލުތައް ނެރުމަށް އާދަވެ، އިތުބާރަކީ މުޢާމަލާތުގެ މުގޫކަމުގައި ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ 32 އަހަރު ކުރިން ލަންޑަންގައި ތަޢާރަފުކުރެވުނު ސްޕަބްރޭންޑްސް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ވިޔަފާރިތަކުގެ މަގްބޫލުކަމާއި، ކޮލިޓީ އަދި އިތުބާރާއި އަގު މަތީ ފެންވަރެއްގައި ހިފެހެއްޓުމަށް މަގުފަހިކޮށްދޭ މުހިންމު ޕްލެޓްފޯމެކެވެ.

ދުނިޔޭގެ މަޝްހޫރު "ސްޕަބްރޭންޑްސް" ރާއްޖޭގައި ރަސްމީކޮށް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޓަރާންސް މީޑިއާ

މިހާރު ދުނިޔޭގެ 85 އަށް ވުރެ ގިނަ ގައުމުގައި އެފިލިއޭޓްވެ، ޙަރަކާތްތެރިވަމުން އަންނަ މި ޕްލެޓްފޯމުގެ މައިގަނޑު މަގްޞަދަކީ ވިޔަފާރިތަކުގެ ބްރޭންޑް ވެލިއު އިތުރުކުރުމާއި، ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރުމެވެ.

ސްޕަބްރޭންޑްސް މޯލްޑިވްސްގެ ޗެއަމަނަކީ، އެ ޕްރޮގްރާމް ރާއްޖޭގައި ހިންގާ ކުންފުނި ޓްރާންސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޢަބްދުﷲ މަޢުޞޫމެވެ. ރަސްމިއްޔާތުގައި ޑރ. މަޢުޞޫމް ވިދާޅުވީ، ރާއްޖޭގައި ސްޕަބްރޭންޑްސް ތަޢާރަފްވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކަށާއި ޚިދުމަތްދޭ ތަންތަނަށް ބައިނަލްއަގްވާމީ ފެންވަރުގައި ފައިތިލަ ސާބިތުކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުޞަތެއް ކަމަށެވެ.

ދުނިޔޭގެ މަޝްހޫރު "ސްޕަބްރޭންޑްސް" ރާއްޖޭގައި ރަސްމީކޮށް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޓަރާންސް މީޑިއާ

އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތަކާއި ޚިދުމަތްތަކުގެ ފެންވަރު ދުނިޔޭގެ މިންގަނޑުތަކަށް ހިފެހެއްޓުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސްޕަބްރޭންޑްސް މޯލްޑިވްސްގެ ފަރާތުން ބްރޭންޑްތައް މިންކުރުމަށްޓަކައި އެކުލަވާލާފައިވާ 15 މެންބަރުންގެ ތަޖުރިބާކާރު ކައުންސިލް ވެސް މި ރަސްމިއްޔާތުގައި ވަނީ ތަޢާރަފުކޮށްފައެވެ.

ދުނިޔޭގެ މަޝްހޫރު "ސްޕަބްރޭންޑްސް" ރާއްޖޭގައި ރަސްމީކޮށް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޓަރާންސް މީޑިއާ

ރާއްޖޭގެ ތަފާތު ވިޔަފާރިތަކުގެ އިސް ފަރާތްތަކާއި އިގްތިޞާދީ އަދި ފަންނީ މާހިރުން ބައިވެރިވި މި ރަސްމިއްޔާތުގައި، ސްޕަބްރޭންޑްސްގެ ރީޖަނަލް ކޯޑިނޭޓަ ޝަރަފުލް އިސްލާމް ވަނީ އެ ޕްލެޓްފޯމާ ގުޅޭ ތަޢާރަފު ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް