އިންޑިއާގެ އެކްޓަރު ލަކްޝް ލަލްވާނީގެ ކުރިއަށްއޮތް ތުރިލާ ފިލްމުގެ ބަތަލާގެ ރޯލަށް މަގުބޫލު ވެބް ސީރީސް "މުސާފިރު ކެފޭ"އިން ވިދާލި ވޭދިކާ ޕިންޓޯ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މަޝްހޫރު ސީރީޒް "ރާކް" އަށްފަހު، ޑައިރެކްޓަރު ޕްރޮސިތު ރޯއި ދެން އުފައްދާ ސައިކޮލޮޖިކަލް ތްރިލާ ފިލްމުގެ ހުލާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ ތަފާތު ސައިކޮލޮޖިކަލް ބައިތަކެއް ހިމަނައިގެން ގެނެސްދޭ ލޯބީގެ ފިލްމެކެވެ. އެހެންކަމުން، މި ފިލްމު ވެގެންދާނީ މި ޖޯންރާގެ ފިލްމުތަކަށް އައު އަދި ޝައުޤުވެރި ބަދަލުތަކެއް ގެނެސްދޭނެ އުފެއްދުމަކަށެވެ.
ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައިވާ މި ފިލްމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި ފިލްމު ސިނަމާތަކަށް ގެނައުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުއެވެ. މި ފިލްމުގައި ހިމެނޭ އިތުރު ތަރިންނާއި ފިލްމާ ގުޅޭ އެހެނިހެން ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

ބަތަލާ ވޭދިކާ ޕިންޓޯ ނެޓްފްލިކްސްގެ ސީރީޒް "މުސާފިރު ކެފޭ"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ބަތަލާ ވޭދިކާ ޕިންޓޯ ވަނީ މީގެކުރިން އަނޫރާގް ކަޝްޔަޕްގެ "ނިޝާންޗީ" އަދި ނީރަޖް ޕާންޑޭގެ "އޮޕަރޭޝަން ރޯމިއޯ" ފަދަ ފިލްމުތަކުން އޭނާގެ މޮޅު އެކްޓިން ދައްކާލާފައެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސްގެ ސީރީޒް "މުސާފިރު ކެފޭ" އިންނެވެ.
އަދި ލަކްޝްޔާ އެންމެ ފަހުން ފެނިފައިވަނީ ބަތަލާ އަނަންޔާ ޕާންޑޭ މުހިއްމު ރޯލެއް ކުޅުނު ވިވެކް ސޯނީގެ "ޗާންދު މޭރާ ދިލް"އިންނެވެ.