ޑެންގީގައި ހާލު ސީރިއަސްވި ޒުވާނަކު މަރުވެއްޖެ

ޑެންގީ ޖެހިގެން މަރުވި ޒުވާނާ --

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި އުމުރުން 23 އަހަރުގެ ޒުވާނަކު އައިޖީއެމްއެޗްގައި ނިޔާވެއްޖެއެވެ. ށަވިޔަނި މިލަންދޫއަށް ނިސްބަތްވާ ނަބްހާން ނަމަކަށް ކިޔާ މި ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ އޭނާގެ ރަށު ސިއްހީ މަރުކަޒުގައެވެ. ނަމަވެސް ހާލަތު ގޯސްވުމުގެ ސަބަބުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވާއިރު، ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެކަނިވެސް 535 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.

  • ޑެންގީ ޖެހިގެން އައިޖީއެމްއެޗްގައި ނިޔާވީ އުމުރުން 23 އަހަރުގެ ޒުވާނެއް
  • ނިޔާވެފައިވަނީ ށަވިޔަނި މިލަންދޫއަށް ނިސްބަތްވާ ނަބްހާން
  • އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައި
  • މިދިޔަ މަހު 535 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވޭ

ޑެންގީ ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު މިއަދު މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ޑެންގީގައި ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށެވެ. އެއީ ށ. މިލަންދޫއަށް ނިސްބަތްވާ ނަބްހާން ނަމަކަށް ކިޔާ ޒުވާނެކެވެ.

މައުލޫމާތު ލިބުނު ގޮތުގައި ހުން އައުމުން އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ށ. މިލަންދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، ހާލަތު އިތުރަށް ގޯސްވާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

https://sun.mv/220541

މި ބަލީގައި ޒުވާނަކު މަރުވިއިރު، މި މަހުގެ ނުވަވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނި ވެސް 535 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ އެންމެ 60 ކޭހެވެ.

comment ކޮމެންޓް