އެކާވީސް ގަޑިއިރުގެ ވާހަކަަތަކަށްފަހު އެއްބަސްވުމަކަށް ނާދެވި އެމެރިކާގެ ވަފުދު އެނބުރި ގައުމަށް

އެމެރިކާގެ ނާއިބު ރައީސް ޖޭޑީ ވެންސް (ކ). އީރާނާއެކު ކުރާ މަޝްވަރާތަކަށްފަހު އެއްބަސްވުމަަކަށް ނާދެވި ވެންސް ވަނީ އެނބުރި ގައުމަަށް ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި. ފޮޓޯ/އޭޕީ

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް ވަނީ އެއްބަސްވުމަކަށް ނާދެވި ނިމިފައެވެ. އެކާވީސް ގަޑިއިރަށް ދެމިގެންދިޔަ މި މަޝްވަރާތަކަށްފަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އެންމެ ފަހުގެ ހުށަހެޅުން އީރާނަށް ދެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންފައެވެ. އެމެރިކާގެ މައިގަނޑު ކަންބޮޑުވުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ މަޝްވަރާތައް ކާމިޔާބުވާނީ އެމެރިކާއިން ހުށަހަޅާފައިވާ ޣައިރު ގާނޫނީ އަދި ބޮޑެތި ޝަރުތުތައް ދޫކޮށްލުމުން ކަމަށެވެ.

  • އެމެރިކާއާއި އީރާނުގެ ސުލްހައިގެ މަޝްވަރާތައް އެއްބަސްވުމަކާ ނުލައި ނިމުން.
  • އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އެންމެ ފަހުގެ ހުށަހެޅުން އީރާނަށް ދެއްވުން.
  • އެމެރިކާއިން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ދިގު މުއްދަތުގެ ޔަގީންކަމެއް ބޭނުންވުން.
  • އީރާނުން އެމެރިކާގެ ބޮޑެތި އަދި ޣައިރު ގާނޫނީ ޝަރުތުތައް ގަބޫލުނުކުރުން.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ އެެމެރިކާއާއި އީރާންގެ ސުލްހައިގެ މަޝްވަރާތަކަށްފަހު އެއްބަސްވުމަކަށް ނާދެވި އެމެރިކާގެ ނާއިބު ރައީސް ޖޭޑީ ވެންސް އެނބުރި ގައުމަށް ވަޑައިގަންނަވައިފިއެވެ.

އެކާވީސް ގަޑިިރުގެ ވާހަތަކަށްފަހު އެއްބަސްވުމަށް ނާދެވުނު ނަމަވެސް އޭނާ އެނބުރި ގައުމަށް ވަޑައިގަންނަވަނީ އެންމެ ފަހުގެ ހުށަހެޅުން ހުށަަހެޅުމަށް ފަހު ކަމަށާއި އެ ހުށަހެޅުމާމެދު ވިސްނުމަށް އީރާނަށް އަދިވެސް ވަގުތު އެބައޮތް ކަމަށް ވެންސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތަނުން ފުރަނީ ވަރަށް ސާދާ ހުށަހެޅުމަކާ އެކު، ވިސްނުމުގެ އުސޫލަކުން އެއީ އަޅުގަނޑުމެންގެ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން. އަޅުގަނޑުމެން ބަލާނަން އީރާނުން އެކަން ގަބޫލުކުރޭތޯ." ވެންސް ވިދާޅުވިއެވެ.

ވެންސް ވިދާޅުވީ އީރާނުން އެމެރިކާގެ ޝަރުތުތައް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށާއި މަޝްވަރާތަކުން އަދި ހިތްހަމަޖެހޭ ނަތީޖާއެއް ނުލިބޭ ކަމަށެވެ.

އޭނާ ވިދާޅުވީ މައިގަނޑު މައްސަލައަކަށް އަދިވެސް އޮތީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކަމަށާއި އެމެރިކާއިން ހޯދަމުންދަނީ ދިގު މުއްދަތުގެ ގެރެންޓީއެއް ކަމަށެވެ.

"ހަގީގަތަކީ، އެ މީހުން ނިއުކްލިއާ ހަތިޔާރެއް ނުއުފައްދާނެ ކަމާއި، އަދި އެފަދަ ހަތިޔާރެއް އަވަހަށް އުފެއްދުމަށް މަގުފަހިވާނެ ވަސީލަތްތައް ނުހޯދާނެ ކަމުގެ ސާފު ޔަގީންކަމެއް އަޅުގަނޑުމެން ބޭނުންވޭ،" ވެންސް ވިދާޅުވިއެވެ.

ޝަރުތުތައް މާ ބޮޑު އަދި ޣައިރު ގާނޫނީ

ވެންސް މީޑިއާއާ ބައްދަލުކުރެއްވުމުގެ ކުރިން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ މަޝްވަރާތައް ކާމިޔާބުވުން ބިނާވާނީ އެމެރިކާއިން ހުށަހެޅި ބޮޑެތި އަދި ޣައިރުގާނޫނީ ޝަރުތުތައް ދޫކޮށްލުމުގެ މައްޗަށެވެ.

"މި ޑިޕްލޮމެޓިކް ޕްރޮސެސްގެ ކާމިޔާބީ ބިނާވެފައިވަނީ އިދިކޮޅު ފަރާތުގެ ސީރިއަސްކަމާއި ހެޔޮ ނިޔަތާއި، މާބޮޑަށް އަދި ގާނޫނާ ހިލާފު ޑިމާންޑްތަކުން ދުރުހެލިވުމާއި، އީރާނުގެ ޝަރުއީ ހައްގުތަކާއި މަސްލަހަތުތައް ގަބޫލުކުރުމުގެ މައްޗަށް." އޭނާ ވިދާޅުވިއެވެ.

ބަޣާއީ އިތުރަށް ވިދާޅުވީ މަޝްވަރާތައް މެދުކެނޑުމެއް ނެތި ކުރިއަށް ގޮސްފައިވާއިރު، ދެފަރާތުގެ މެދުގައި މެސެޖްތަކާއި ޑްރާފްޓް ޓެކްސްޓްތައް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި މަޝްވަރާތަކުގައި ހޮރްމުޒް ކަނޑުއޮޅިއާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ހަނގުރާމައިގެ ބަދަލު ދިނުމާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއި އީރާނާ ދެކޮޅަށް އަދި މި ސަރަހައްދުގައި ކުރާ ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުން ހިމެނޭ ކަމަށެވެ.

comment ކޮމެންޓް