މެޑޮކްއިން އުފައްދާ ފިލްމުގައި ވިކީއާ އެކު ބަތަލާގެ ރޯލަށް ޝްރައްދާ

ފިލްމީ ތަރިން ކަމަށްވާ ވިކީ ކޯޝަލް އަދި ޝްރައްދާ ކަޕޫރު--ފޮޓޯ/އިންޑިއާޓުޑޭ

މެޑޮކް ފިލްމްސްއިން އުފައްދާ ޕީރިއަޑް ފިލްމު މަހާވަތުރްގެ ލީޑް ރޯލަށް ޝްރައްދާ ކަޕޫރު ގެނައުމަށް މަޝްވަރާކުރެވެމުންދާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން އިއުލާނުކުރި މި ފިލްމުގައި ޓައިޓްލް ރޯލް ކުޅޭނީ މަޝްހޫރު އެކްޓަރު ވިކީ ކޯޝަލްއެވެ. މިއީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާމިޔާބު ފިލްމު އިސްތިރީގެ ޑައިރެކްޓަރު އަމަރު ކޯޝިކްގެ އުފެއްދުމަކަށްވުމާއެކު، ޝްރައްދާ މި ފިލްމަށް އެއްބަސްވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ބެލެވެއެވެ. މީގެ އިތުރުން މެޑޮކްގެ އެހެން ޕްރޮޖެކްޓެއް ކަމަށްވާ ބަޔޮޕިކް ފިލްމު އީތާގައިވެސް ޝްރައްދާ އަންނަނީ މަސައްކަތްކުރަމުންނެވެ. މި އަހަރުގެ ޖޫން މަހު މަހާވަތުރްގެ ޝޫޓިންގ ފެށުމަށް ތައްޔާރުވަމުންދާއިރު، ވިކީ މި ފިލްމާ ގުޅޭނީ ސަންޖޭ ލީލާ ބަންސާލީގެ ލަވް އެންޑް ވޯގެ މަސައްކަތް ނިންމުމަށްފަހުގައެވެ.

  • މަހާވަތުރްގެ ބަތަލާގެ ރޯލަށް ޝްރައްދާ ކަޕޫރު ހަމަޖެއްސުމަށް މަޝްވަރާކުރަމުންދިއުން.
  • މި ފިލްމުގައި ވިކީ ކޯޝަލް ފެނިގެންދާނީ ޓައިޓްލް ރޯލުން.
  • މިއީ އިސްތިރީ ފްރެންޗައިސްގެ ޑައިރެކްޓަރު އަމަރު ކޯޝިކްގެ އުފެއްދުމެއް.
  • ފިލްމުގެ ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި.

މީގެ ދެ އަހަރެއްހާ ދުވަސްކުރިން މެޑޮކް ފިލްމްސްއިން އިއުލާނުކުރި ޕީރިއަޑް ފިލްމު "މަހާވަތުރް"އިން އެކްޓަރު ވިކީ ކޯޝަލްއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ޝްރައްދާ ކަޕޫރު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ވިކީ ޓައިޓްލް ރޯލް ކުޅޭ މި ފިލްމަށް ޝްރައްދާ ގެނައުމަށް ބަތަލާއާ އެކު މަޝްވަރާތަކެއް އަންނަނީ ކުރެވެމުންނެވެ.

މި ފިލްމަށް ޝްރައްދާ އެއްބަސްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މީޑިއާތަކުން ބުނެފައިވާއިރު މިއީ ބަތަލާ މީގެކުރިން އެކީގައި މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު އަމަރު ކޯޝިކްގެ އުފެއްދުމެކެވެ. އަމަރު ކޯޝިކް ޑައިރެކްޓްކޮށް ޝްރައްދާ މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމު "އިސްތިރީ" ފްރެންޗައިސް އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފްރެންޗައިސްއެކެވެ.

ހަމައެއާއެކު "އިސްތިރީ" ފްރެންޗައިސްގެ ދަށުން ގެނެސްދިން ފިލްމުތަކަކީ ބަތަލާ ޝްރައްދާގެ ކެރިއަރުގެ ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެތެރޭ ހިމެނޭ ފިލްމުތަކެވެ. މި ފްރެންޗައިސްގެ ދަށުން މިހާތަނަށް ދެ ފިލްމު ގެނެސްދީފައިވާއިރު ތިން ވަނަ ބައި ވެސް ވަނީ އިއުލާނުކޮށްފައެވެ.

ބަތަލާ ޝްރައްދާ ފިލްމު "އިސްތިރީ 2"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި

މެޑޮކްގެ އިތުރު ފިލްމަކަށް ޝްރައްދާ ގެނައުމުގެ މަޝްވަރާތަކެއް ކުރެވެމުން އަންނައިރު ބަތަލާ އަންނަނީ އެ ސްޓޫޑިއޯގެ އެހެން ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި ވިކީގެ ފިލްމު "ޗާވާ"ގެ ޑައިރެކްޓަރު ލަކްޝްމަން އުތޭކަރު އުފައްދާ ބައޮޕިކް ފިލްމު "އީތާ"އެވެ.

ފިލްމު "މަހާވަތަރް"ގެ މަސައްކަތް މި އަހަރުގެ ޖޫން މަހުގެތެރޭ ފަށަން ނިންމާފައިވާއިރު މި ފިލްމަށް ވިކީއަށް ވަގުތު ދެވެން އޮތީ އެކްޓަރު މިހާރު މަސައްކަތް ފަށާފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގެ ޝެޑިއުލް ނިމުމުންނެވެ.

comment ކޮމެންޓް