ސާފް ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ވީއޭއާރް ތައާރަފްކުރަން މަސައްކަތްކުރަނީ

ރާއްޖޭގައި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ތެރެއިން މުބާރާތުގެ ޓްރޮފީ--

މިއަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ ނުވަތަ ވީއޭއާރް ބޭނުންކުރުމާމެދު ސާފް ފެޑެރޭޝަނުން އަންނަނީ މަޝްވަރާކުރަމުންނެވެ. ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު 6 އަށް ކުރިއަށްދާ މި މުބާރާތުގައި ވީއޭއާރް ބޭނުންކުރާނީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ގާބިލުކަން ހުރިތޯ ބެލުމަށްފަހުކަމަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ. މުބާރާތް ބާއްވާނީ ކުރިންވެސް އޮތް ގޮތަށް ސެންޓްރަލައިޒްޑްކޮށް އެއް ގައުމެއްގައެވެ. މިއީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށްވެސް ވަރަށް ޚާއްސަ މުބާރާތަކަށް ވެގެންދާނެއެވެ. ސަބަބަކީ އެންމެ ފަހުން ބަންގްލަދޭޝްގައި މުބާރާތް ބޭއްވި އަހަރު ރާއްޖެއިން ތަށި ކާމިޔާބުކޮށްފައިވުމެވެ.

  • ސާފް ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ވީއޭއާރް ބޭނުންކުރުމުގެ މަޝްވަރާތައް ފެށުން.
  • މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު 6 އަށް ބަންގްލަދޭޝްގެ ޑާކާގައި.
  • ހޯމް އެންޑް އަވޭ ފޯމެޓުގެ ބަދަލުގައި މުބާރާތް ކުރިއަށްދާނީ ސެންޓްރަލައިޒްޑްކޮށް.
  • އެންމެ ފަހުން 2018 ގައި ބަންގްލަދޭޝްގައި ބޭއްވި މުބާރާތް ކާމިޔާބުކުރީ ދިވެހިރާއްޖެއިން ކަމަށްވުމުން މިއީ ދިވެހިންނަށް ޚާއްސަ މުބާރާތެއް.

މިއަހަރު ބޭއްވުމަށް ތައްޔާރުވަމުންދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ އީދު، ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރުމުގެ މަޝްވަރާތައް ސާފް ފެޑެރޭޝަނުން ފަށައިފިއެވެ.

ސަރަހައްދުގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މިއީ މުބާރާތުގެ ފެންވަރު މަތިކޮށް، ރެފްރީންގެ ނިންމުންތައް އިތުރަށް ފުރިހަމަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރުޝޯތަމް ކަޓޭލް ވިދާޅުވި ގޮތުގައި، ވީއޭއާރް ބޭނުންކުރަން ނިންމާނީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ގާބިލުކަން ހުރިތޯ ބެލުމަށްފަހުގައެވެ.

މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. ރިޕޯޓްތައް ބުނާގޮތުން، ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު 6 އަށް ކުރިއަށްދާ މި މުބާރާތް އިންތިޒާމްކުރާނީ ކުރިންވެސް އޮތް ގޮތަށް އެއް ގައުމެއްގައި ސެންޓްރަލައިޒްޑް ކޮށެވެ.

މީގެ ކުރިން "ހޯމް އެންޑް އަވޭ" ފޯމެޓަށް މުބާރާތް ބަދަލުކުރަން އުޅުނު ނަމަވެސް، ދިމާވި ތަފާތު ގޮންޖެހުންތަކާހުރެ އެކަން ވަނީ މަޑުޖައްސާލާފައެވެ. ސާފްގެ ރަސްމީ އިޢުލާނެއް އަދި ނުލިބުނު ނަމަވެސް، ބަންގްލަދޭޝްގައި މުބާރާތް ބޭއްވުމުގެ ގިނަ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައެވެ.

ބަންގްލަދޭޝްގައި މިފަހަރު މުބާރާތް ބާއްވައިފިނަމަ، މިއީ ހަ އަހަރަށްފަހު އެ ގައުމުގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަކީ ދިވެހި ސަޕޯޓަރުންނަށް ވަރަށް ހާއްސަ މުބާރާތެކެވެ. އެ ފަހަރުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖެއިން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދައި، ދެވަނަ ފަހަރަށް ތަށި އުފުލާލާފައެވެ.

މިއަހަރުގެ މުބާރާތަށްފަހު، އަންނަ އަހަރުވެސް އިތުރު ސާފް ޗެމްޕިއަންޝިޕެއް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށް ސާފް އިން ވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު