އިންޑިއާއިން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލައިފި

އިންޑިއާއިން ފުލީ ފަންޑުކުރާ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލައިފި --- ފޮޓޯ: ގައުމީ ޔުނިޥަސިޓީ

އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ދިވެހި ދަރިވަރުންނަށް ޚާއްސަކޮށްގެން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ 32 ސްކޮލަރޝިޕްގެ ފުރުސަތު އިއުލާންކޮށްފައެވެ. މި ފުރުސަތުތައް ބެހިފައިވަނީ އަންޑަގްރެޖުއޭޓް ކޯސްތަކަށާއި، އާޓްސް އަދި ކަލްޗަރގެ އިތުރުން ޔޯގާ އަދި ފިޓްނަސް ދާއިރާއަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 15 ވަނަ ދުވަހެވެ.

  • ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ 32 ސްކޮލަރޝިޕްގެ ފުރުސަތު
  • އަންޑަގްރެޖުއޭޓް ކޯސްތަކަށް 20 ޖާގަ
  • އާޓްސް، ކަލްޗަރ އަދި ޔޯގާ ދާއިރާއިން 12 ޖާގަ
  • އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އައިސީސީއާރް ޕޯޓަލް މެދުވެރިކޮށް

އިންޑިއާއިން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕްތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ވަނީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް)ގެ ފަރާތުން ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާކަން ހާމަކޮށްފައެވެ.

އެ ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ޖުމްލަ 32 ޖާގަ ވަނީ ކަނޑައަޅައިފައެވެ.

އޭގެތެރޭގައި:

  • އަންޑަގްރެޖުއޭޓް ނުވަތަ ޑިގްރީ ފެންވަރުގެ ކޯސްތަކަށް: 20 ޖާގަ
  • އާޓްސް އަދި ކަލްޗާއިން: 10 ޖާގަ
  • ޔޯގާ އަދި ފިޓްނަސްއިން: 2 ޖާގަ

އިންޑިއަން ހައިކޮމިޝަނުން ވަނީ މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮތްކަން ފާހަގަކޮށްފައެވެ.

އެ ސްކޮލާޝިޕްތަކަށް އައިސިީސީއާރުގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހައިކޮމިޝަނުން ވަނީ އެދިފައެވެ.

comment ކޮމެންޓް