އައިކެއާގެ "ނަޔާ ރޯދަ ހަދިޔާ" ކެމްޕޭނުން ލަންކާ ދަތުރު ލިބޭ ނަސީބުވެރިޔާ ހޮވައިފި

އައިކެއާގެ "ނަޔާ ރޯދަ ހަދިޔާ" ކެމްޕޭނުން ލަންކާ ދަތުރު ލިބޭ ނަސީބުވެރިޔާ ހޮވައިފި -- ފޮޓޯ/ އައިކެއާ

އައިކެއާ އޮޕްޓިކަލްސްއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ "ނަޔާ ރޯދަ ހަދިޔާ 2026" ކެމްޕޭނުގެ ނަސީބުވެރިޔާ ވަނީ އިއުލާނުކޮށްފައެވެ. ގުރުއަތުން ހޮވުނު ނަސީބުވެރިއަކީ އިސްމާއިލް އަފްޒަލްއެވެ. އޭނާއަށް ވަނީ އާއިލާގެ ހަތަރު މީހުންނާއެކު ސްރީލަންކާގައި ހަތަރު ރޭ ހޭދަކުރުމުގެ ފުރުސަތު ލިބިފައެވެ. މި އިނާމުގެ ތެރޭގައި ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން މުހިންމު މަންޒިލްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ. 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރި ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އައިކެއާއިން ބުނެއެވެ.

  • އައިކެއާގެ ރަމަޟާން ކެމްޕޭނުގެ ނަސީބުވެރިޔަކީ އިސްމާއިލް އަފްޒަލް
  • ނަސީބުވެރިޔާއަށް އާއިލާގެ 4 މީހުންނާއެކު ލަންކާ ދަތުރެއް ލިބުން
  • ދަތުރުގައި ހުރުމާއި ކެއުމާއި އަދި ޚާއްސަ ތަންތަނަށް ޒިޔާރަތްކުރުން ހިމެނޭ
  • 500 ރުފިޔާއިން މަތިން ވިޔަފާރިކުރި ފަރާތްތަކަށް ފުރުސަތު ދެވުނު

އައިކެއާ އޮޕްޓިކަލްސްއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ "ނަޔާ ރޯދަ ހަދިޔާ 2026"ގެ ކެމްޕޭނުގެ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ކެމްޕޭނަކީ ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓްތަކެއްގެ އިތުރުން އާއިލާއާއެކު ސްރީލަންކާގައި ހަތަރު ރޭ ހޭދަކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ކުރިއަށްގެންދިޔަ ކެމްޕޭނެކެވެ.

މިއަދު އައިކެއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ކެމްޕޭން ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށާއި، ލަންކާ ދަތުރުގެ ނަސީބުވެރި ފަރާތަކީ އިސްމާއިލް އަފްޒަލް ކަމަށެވެ.

https://sun.mv/218163

ގުރުއަތުން ހޮވުނު އަފްޒަލަށް ލިބުނު އިނާމަކީ ހަތަރު މީހުންގެ އާއިލާއަކަށް ސްރީލަންކާގެ ހަތަރު ރޭގެ ދަތުރެކެވެ. މީގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން ކެންޑީ، ނުވަރައެލިޔާ އަދި އެލާ ފަދަ ހިތްގައިމު މަންޒިލްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

އައިކެއާއިން ބުނި ގޮތުގައި "ނަޔާ ރޯދަ ހަދިޔާ" ކެމްޕޭނަކީ ރަމަޟާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމެއް ގެނެސްދިނުމުގެ މަގްސަދުގައި ފަރުމާކުރި ކެމްޕޭނެކެވެ. މި ކެމްޕޭނުގައި 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރި ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު އިރު، މުޅި ރާއްޖެއިން ވެސް މި ކެމްޕޭނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މި ކެމްޕޭނުގައި ބައިވެރިވި ހުރިހާ ކަސްޓަމަރުންނަށް އައިކެއާއިން ވަނީ އިޚުލާސްތެރި ޝުކުރެއް އަދާކޮށްފައެވެ.

"މި ކެމްޕެއިނުން ލިބުނު ބޮޑު ތަރުހީބުން ފެންނަނީ ކަސްޓަމަރުން އައިކެއާއަށް ކުރާ އިތުބާރު. އައިކެއާގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އަގުހުރި، ފެންވަރު ރަނގަޅު ޚިދުމަތްތަކާއި ހަދިޔާތައް ފޯރުކޮށްދިނުން،" އެ ކުންފުނިން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު