އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޕެޓްރޯލަށް ފައިސާ ދެއްކުމުން 20 ރުފިޔާ އަނބުރާ ލިބޭނެ

ޕެޓްރޯލް ޝެޑެއްގައި ސައިކަލަށް ޕެޓްރޯލް އަޅަނީ: 50 ރުފިޔާގެ ޕެޓްރޯލް އަޅައިގެން 20 ރުފިޔާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް އުރީދޫން ވަނީ ފަށައިފަ --- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްއިން ވަނީ އެ ކުންފުނީގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ މެދުވެރިކޮށް ޕެޓްރޯލް ގަންނަ ފަރާތްތަކަށް ވަރަށް ޚާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް މިއަދު ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން 50 ރުފިޔާގެ ޕެޓްރޯލް އެޅުމުން 20 ރުފިޔާ ވަގުތުން ކަސްޓަމަރުގެ އެމް-ފައިސާ ވޮލެޓަށް އަނބުރާ ޖަމާވާނެއެވެ. މިއީ މާލެ އަދި ހުޅުމާލޭގައި ހުންނަ އެފްއެސްއެމް އަދި ހޯކްސްގެ ޕެޓްރޯލް ސްޓޭޝަންތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. މި ޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާ ދަނޑިވަޅެއްގައި އާންމުންގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމެވެ.

  • އެމް-ފައިސާއިން 50 ރުފިޔާގެ ޕެޓްރޯލް އެޅުމުން 20 ރުފިޔާ އަނބުރާ ލިބުން
  • ފައިސާ ވަގުތުން ކަސްޓަމަރުގެ އެމް-ފައިސާ ވޮލެޓަށް ޖަމާވުން
  • މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް އާއި ހޯކްސް ސްޓޭޝަންތަކުން މި ފުރުސަތު ލިބުން
  • ތެލުގެ އަގު ބޮޑުވުމުން އާންމުންނަށް ލުޔެއް ހޯދައިދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމުގައިވުން

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް 50 ރުފިޔާގެ ޕެޓްރޯލް އަޅައިގެން 20 ރުފިޔާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

އުރީދޫން ބުނީ، އެމް-ފައިސާ ބޭނުންކޮށްގެން 50 ރުފިޔާގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20 ރުފިޔާ ސީދާ ކަސްޓަމަރުންގެ އެމް-ފައިސާ ވޮލެޓަށް އަނބުރާ ލިބޭނެ ކަމަށެވެ.

މި ޚިދުމަތް މާލެއާއި ހުޅުމާލޭގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އާއި ހޯކްސްގެ ޕެޓްރޯލް ސްޓޭޝަންތަކުން ލިބޭނެ ކަމަށް، އުރީދޫން ބުންޏެވެ.

މިއަދު ތައާރަފްކުރި ޕްރޮމޯޝަންގެ މަގުސަދަކީ، އުރީދޫން ބުނިގޮތުގައި، މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅުގައި، ކަސްޓަމަރުންގެ ޒަރޫރީ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމެވެ.

އެމް-ފައިސާ މެދުވެރިކޮށް ޕެޓްރޯލަށް ފައިސާ ދެއްކުމުން މި ޚިދުމަތް ލިބޭނެ ކަމަށާއި، ޓްރާންސެކްޝަން ނިމުމުން ކޭޝްބެކް ފައިސާ ސީދާ އެމް-ފައިސާ ވޮލެޓަށް ވަގުތުން ޖަމާވާނެ ކަމަށް، އުރީދޫން ބުންޏެވެ. އެ ކުންފުނިން ސިފަކުރާ ގޮތުގައި، މިއީ ދުވަހުން ދުވަހަށް ކުރާ ޚަރަދުތައް މެނޭޖްކުރުމުގައި ފަސޭހަކަމާއެކު ފައިސާ ސަލާމަތްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

comment ކޮމެންޓް