ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް އިންޑިއާ ކަނޑުގެ ޤައުމުތަކާއެކު އިންޑިއާގެ ނޭވީއިން ކުރިއަށްގެންދާ 'އައިއޯއެސް ސާގަރު' އިނީޝިއޭޓިވްގެ ދަށުން ޖުމްލަ 16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު މިއަދު ރާއްޖެއަށް މަނަވަރެއް އައިސްފިއެވެ.
މިއަދު މި މަނަވަރު ރާއްޖެ އައިސްފައިވާއިރު، މަރުހަބާ ކިޔުމަށް ޓަކައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ޖީ.ބަލަސުބްރަމާނިއަން ވަނީ މަނަވަރަށް ވަޑައިގެންފައެވެ.
މިއީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ކަނޑުގެ ސަލާމަތީ ކަންކަން ގުޅިގެން ބެލެހެއްޓުމަށް އިންޑިއާއިން އިސްވެ ގެންގުޅޭ ސިޔާސަތު ދެމެހެއްޓުމުގެ ގޮތުން، 'އިންޑިއަން އޯޝަން ޝިޕް' (އައިއޯއެސް) ސާގަރު ކުރާ ދެވަނަ ދަތުރެވެ. މި ދަތުރު ފެށީ މިދިޔަ މަހުގެ 15ވަނަ ދުވަހެވެ.

'ސާގަރު' އިނީޝިއޭޓިވްގެ ދަށުން ޖުމްލަ 16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު މިއަދު ރާއްޖެ އައި މަނަވަރު -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
މި އިނީޝިއޭޓިވްއަކީ ކަނޑުގެ ސަލާމަތީ ކަންކަމުގައި އިންޑިއާއިން ޒަމާނުއްސުރެ ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިންޑިއާ ސަރުކާރުން ގެންގުޅޭ "ސަރަހައްދީ ހުރިހާ ގައުމަކަށް ކުރިއެރުމާއި ރައްކާތެރިކަން" ތަސައްވުރު ރަމްޒުކޮށްދޭ ހަރަކާތެކެވެ.
މި އިނީޝިއޭޓިވްއަކީ ކަނޑުގެ ސަލާމަތީ ކަންކަމުގައި އިންޑިއާއިން ޒަމާނުއްސުރެ ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިންޑިއާ ސަރުކާރުން ގެންގުޅޭ "ސަރަހައްދީ ހުރިހާ ގައުމަކަށް ކުރިއެރުމާއި ރައްކާތެރިކަން" ތަސައްވުރު ރަމްޒުކޮށްދޭ ހަރަކާތެކެވެ.

'ސާގަރު' އިނީޝިއޭޓިވްގެ ދަށުން ޖުމްލަ 16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު މިއަދު ރާއްޖެ އައި މަނަވަރަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
މީގެ އިތުރުން، މިއީ ސަރަޙައްދީ ސަލާމަތާއި ކުރިއެރުމަށް އެކުލަވާލާފައިވާ 'މަހާސާގަރު' ފްރޭމްވޯކްގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
'އައިއޯއެސް ސާގަރު' އަކީ އެކުވެރި ގައުމުތަކުގެ އަސްކަރީ ސިފައިންނަށް އިންޑިއާގެ ނޭވީ މަނަވަރުތަކުގައި ތަމްރީނު ހޯދުމާއި، އެކުގައި ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޚާއްސަ ޕްރޮގްރާމެކެވެ. މި ހަރަކާތުގެ ތެރެއިން ނޭވީގެ މަސައްކަތްތަކާއި ތަމްރީނުތަކުގައި ޢަމަލީގޮތުން ބައިވެރިވެ، ދެފަރާތުގެ ގުޅުން ބަދަހިވެ، ކަނޑުގެ މަސައްކަތްތަކުގައި އެކުގައި މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އިންޑިއާއިން ބުނެއެވެ.

'ސާގަރު' އިނީޝިއޭޓިވްގެ ދަށުން ރާއްޖެއަށް އައި މަނަވަރުގައި ތިބި 16 ގައުމުގެ ސިފައިން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
މި ފަހަރު އިންޑިއާ ހިމެނޭހެން 16 ގައުމަކުން ޖުމްލަ 37 ނޭވީ އޮފިސަރުން ބައިވެރިވެއެވެ.
މީގެ ތެރޭގައި ރާއްޖޭގެ އެމްއެންޑީއެފްގެ ދެ އޮފިސަރުން ހިމެނެއެވެ. ދެން ޕްރޮގްރާމުގައި ބައިވެރިވާ ޤައުމުތަކަކީ ޔޫއޭއީ، އިންޑޮނޭޝިއާ، މެލޭޝިއާ، މިޔަންމާ، ސިންގަޕޫރު، ތައިލޭންޑް، ސީޝެލްސް، ކެންޔާ، މޮރިޝަސް، މޮޒަމްބީކް، ސައުތު އެފްރިކާ، ޓެންޒޭނިއާ އަދި ބަންގްލަދޭޝެވެ.
މި ޕްރޮގްރާމް ފެށިފައިވަނީ އިންޑިއާގެ ކޮޗިންގައި ހުންނަ ނޭވީ ތަމްރީނު މަރުކަޒުތަކުގައި ކުރިއަށްދިޔަ ފަންނީ ތަމްރީނުތަކުންނެވެ. އެ ތަމްރީނުތަކުގައި ކަނޑުގެ އަސްކަރީ އޮޕަރޭޝަންތަކާއި، ސީމަންޝިޕް އަދި ކަނޑުގެ ސަލާމަތީ ކަންކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ.
މިހާރު ކުރިއަށްދާ މަރުހަލާއަކީ އިންޑިއާގެ ނޭވީ މަނަވަރެއްގައި، އިންޑިއާގެ ސިފައިންނާއެކު ކަނޑުމަތީގެ ޢަމަލީ ހަރަކާތްތަކުގައި ބައިވެރިވެ، ދަތުރުކުރުމުގެ މަރުހަލާއެވެ.
މި ދަތުރުގެ ތެރޭގައި އެކި ގައުމުތަކުގެ އެކި ބަނދަރުތަކަށް ޒިޔާރަތްކޮށް، ސަރަޙައްދީ އެހެން ޤައުމުތަކުގެ ނޭވީތަކާއި ކަނޑުގެ ސަލާމަތީ އިދާރާތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރު ވެސް "އައިއޯއެސް ސާގަރު" ވަނީ ރާއްޖެ އައިސް، ރާއްޖޭގައި ދެ ދުވަހަށް ބަނދަރުކޮށްފައެވެ.