ވަތަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ބައިވެރިން: ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް ނެޝަނަލް ސާވިސް ނުވަތަ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު ޑިފެންސް މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ. މިދިޔަ މަހުގެ ނުވަވަނަ ދުވަހު ހުޅުވާލި މި ފުރުސަތުގެ ސުންގަޑިއަކީ ކުރިން މިއަދުގެ ނިޔަލަށެވެ. ނަމަވެސް، އިތުރު ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިހާރު ވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް މުއްދަތު ފަސްކޮށްފައެވެ. މި ޕްރޮގްރާމަކީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށް އަމާޒުކޮށްގެން، ގައުމިއްޔަތުގެ ރޫހު އާލާކޮށް ގައުމީ ޚިދުމަތަށް ތައްޔާރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.

  • ވަތަނީ ޚިދުމަތުގެ ތިންވަނަ ބުރުގެ ސުންގަޑި އަންނަ އަންގާރަ ދުވަހުގެ 14:00 އަށް ފަސްކުރުން.
  • އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބުން.
  • އޮންލައިންކޮށް ނުވަތަ މިނިސްޓްރީގެ ރިސެޕްޝަން މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުން.
  • ކުރީގެ ދެ ބުރުގައި ޖުމްލަ 700 އެއްހާ ދަރިވަރުން ބައިވެރިވެ ތަމްރީނު ހޯދުން.

މޯލްޑިވްސް ނެޝަނަލް ސާވިސް (ވަތަނީ ޚިދުމަތުގެ ޕްރޮގްރާމު)ގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވާން ފުރުސަތު ހުޅުވާލީ މިދިޔަ މިދިޔަ މަހުގެ ނުވައެއްގައެވެ. އޭރު ކުރިމަތިލުމުގެ މުއްދަތު ދީފައި އޮތީ މިއަދުގެ ނިޔަލަށެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ 14:00އަށް އިތުރުކޮށްފައިވާ ކަމަށް ބުނެފައެވެ.

އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވާން ކުރިމަތިލެވޭނެއެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވާން އޮންލައިންކޮށް ހުށަހެޅޭނެއެވެ. ނުވަތަ ބަންދު ނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ރިސެޕްޝަނަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ފުރަތަމަ ނެރުނު އިއުލާނުގައިވެއެވެ.

ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ފަރިތަކުރުންތަކުގައި 350 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެންބަރު މަހު ދަސްވެނިވެފައެވެ. ދެވަނަ ބެޗުގެ ދަރިވަރުން ޖަނަވަރީ މަހު ވަނީ މާފިލާފުއްޓަށް ފަރިތަކުރުންތަކަށް ފުރާފައެވެ. އެއީ ވެސް 350 ދަރިވަރުންނެވެ.

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމުރީނުކުރުން ހިމެނެއެވެ.

comment ކޮމެންޓް