ރައީސްގެ ދެކަނބަލުން މާދަމާ ޢުމްރާއަށް ފުރާވަޑައިގަންނަވަނީ

ރައީސް މުއިއްޒުގެ ދެކަނބަލުން މާދަމާ އުމްރާއަށް ފުރާވަޑައިގަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި މާދަމާ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެކަން ރައީސް އޮފީހުން ވަނީ އިޢުލާނުކުރައްވާފައެވެ. މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ފުރިހަމަ މެހުމާންދާރީއާއި ޚަރަދުގައި ކުރައްވާ ދަތުރުފުޅެކެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ މެއި މަހުގައްޔާއި، ފާއިތުވި އަހަރުގެ ޙައްޖުގެ އަޅުކަމުގައިވެސް ސަޢޫދީ ރޯޔަލް ކޯޓުގެ އެހީތެރިކަމާއެކު ރައީސްގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

  • ރައީސްގެ ދެކަނބަލުން މާދަމާ ޢުމްރާއަށް ފުރާވަޑައިގަންނަވާނެކަން އަންގައިފި.
  • މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ސަޢޫދީ ސަރުކާރުން.
  • ދަތުރުގެ އިންތިޒާމުތައް ފެބުރުވަރީ މަހުގެ ކުރީކޮޅު ވަނީ ހަމަޖައްސާފައި.
  • މީގެ ކުރިންވެސް ސަޢޫދީ ސަރުކާރުގެ އެހީގައި ރައީސް ވަނީ ޢުމްރާއާއި ޙައްޖުގެ އަޅުކަން އަދާކުރައްވާފައި.

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާދަމާ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދިނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.

އަދި ދަތުރުފުޅާ ގުޅޭ ހުރިހާ ކަމެއް ވަނީ މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ހަމަޖައްސާފައި ކަމަށް ސަޢޫދީ ސަރުކާރުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2024 ވަނަ އަހަރު ވެސް ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ސައުދީން ދެއްވި ފުރުސަތެއްގައި އެ އަަހަރުގެ މެއި މަހު ވަޑައިގެންފައެވެ.

https://sun.mv/206717

ހަމައެއާއެކު މިދިޔަ އަހަރު ހިލޭ ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައިވާ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ވަނީ ހައްޖަށް ވެސް ވަޑައިގެންފައެވެ.

comment ކޮމެންޓް