ތަފާތުކުރުމެއްނެތި ހުރިހާ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތް ކުރާނަން: އާދަމް ޝަރީފް

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު: ހުރިހާ ކައުންސިލަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ސަން ފޮޓޯ/ އަފުވާން ސޮލާހު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބުކުރެއްވި ފަރާތްތަކަށް މަރުޙަބާ ދަންނަވައި، އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ކައުންސިލްތަކާއެކު ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ދެއްވާފައެވެ. ނަމަވެސް، މި އިންތިޚާބުގައި ބޮޑެތި އާބާދީތަކާއި ހުރިހާ ސިޓީއެއްގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައިވުމަކީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

  • ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރި ފަރާތްތަކަށް މިނިސްޓަރު އާދަމް ޝަރީފް މަރުޙަބާ ދެންނެވުން.
  • ތަފާތުކުރުމެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވުން.
  • ބޮޑެތި އާބާދީތަކާއި މައިގަނޑު ސިޓީތަކުގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރުން.
  • އިންތިޚާބުގެ ނަތީޖާއަކީ ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއެއްކަމަށް ބެލެވުން.

އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ކައުންސިލްތަކަކާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ.

އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން އުންމީދީ، ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ. އަދި އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ މެޖޯރިޓީ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން މާލެއާއި އައްޑުއާއި ފުވައްމުލަކާއި ކުޅުދުއްފުށްޓާއި ތިނަދޫގެ މޭޔަރުކަމުގެ ގޮނޑި ވެސް މިހާރު އެ މަގާމުތަކުގައި ތިއްބަވާ އެމްޑީޕީގެ ފަސް މޭޔަރުން ވަނީ ދިފާއުކުރައްވައިފައެވެ.

https://sun.mv/220142

ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށީ ސިޓީއާއި ތިނަދޫ ސިޓީން 14 ކެންޑިޑޭޓުން މޭޔަރު ކަމަށް ވާދަކުރެއްވިއެވެ.

މިއީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. ވެރިކަމަށް ދެއަހަރާއި ދުވަސްކޮޅެއް ވެފައިވާއިރު، މިއީ ސަރުކާރަށް ލިބުނު ދެރައެކެވެ.

comment ކޮމެންޓް