އަހަރެއް ކުރިން ދައުވާ ކުރި، ފުވައްމުލަކުގެ ޑުރަގު ބޮޑުން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން އަލުން ހައްޔަރުކޮށްފި

އަހަރެއް ކުރިން ދައުވާ ކުރި ފުވައްމުލަކުގެ ޑުރަގު ބޮޑުން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން: އެ މީހުން ވަނީ އަލުން ހައްޔަރުކޮށްފައި --- ފޮޓޯ/ ފުލުހުން

ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން އަލުން ހައްޔަރުކޮށްފިއެވެ. މީގެ ކުރިން މަނީ ލޯންޑަރިންގެ ދައުވާ އުފުލި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ޝަރީއަތް ކުރިއަށްދާ މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފުލުހުންނަށް ފެނުމުން، ކޯޓު އަމުރެއްގެ ދަށުންނެވެ. މި ދެ މީހުންގެ މައްޗަށް ބޮޑެތި މާލީ މުއާމަލާތްތަކެއް ހިންގި ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، މި މައްސަލައިގައި ދައުލަތުން މިހާރު ގެންދަނީ އިތުރު ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ކުރިން ހައިކޯޓުން މި މީހުން ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމުގެ އިޖުރާއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން ކަމުގައިވީ ނަމަވެސް، މިފަހަރުގެ ހައްޔަރަކީ ހެކިބަސް ދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

  • ފުވައްމުލަކު ދޫޑިގަން އަޙުމަދު ނިއުޝާދާއި ޙަސަން ޢާޒިމް އަލުން ހައްޔަރުކޮށްފި
  • މި ދެ މީހުން ހައްޔަރުކުރީ މީގެ ކުރިން ހުށަހެޅި މަނީ ލޯންޑަރިންގެ މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތުގައި
  • ނިއުޝާދުގެ އެކައުންޓުން ފާއިތުވި ފަސް އަހަރު ތެރޭ 21 މިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވޭ
  • އާޒިމްގެ އެކައުންޓުން ފާއިތުވި ދެ އަހަރު ތެރޭ 7 މިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވޭ

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސް ދައުރެއް އަދާކުރާ ކަމަށް ތުހުމަތުކޮށް، މީގެ އަހަރެއް ކުރިން މަނީލޯންޑަރިންގެ ދައުވާ ކޮށްފައިވާ ދެ މީހުން އަލުން ހައްޔަރުކޮށްފިއެވެ.

މި މައްސަލަގައި ހައްޔަރުކުރީ، ޏ. ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އުމުރުން 35 އަހަރުގެ އަޙުމަދު ނިއުޝާދާއި ޏ. ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ އުމުރުން 30 އަހަރުގެ ޙަސަން ޢާޒިމެވެ.

ފުލުހުން އެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑުރަގު ވިއްކާ ކަމަށެވެ. އެންމެ ފުރަތަމަ އެ މީހުން ހައްޔަރުކުރީ، ޑިސެމްބަރު ނުވައެއް، 2024ގައެވެ.

އޭގެފަހުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއެވެ.

އެކަމަކު، ދައުލަތުން ވެސް އެއްބަސްވާ ގޮތަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާންކުރުމަށް ފަހު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 60ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، ހައިކޯޓުން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ ނުވައެއްގައި އެ މީހުން މިނިވަންކޮށްފައެވެ.

https://sun.mv/201183

އެ ދެ މީހުންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ، މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން މިދިޔަ އަހަރުގެ މާރިޗު 18ގައެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އެ ދެ މީހުންގެ މައްޗަށް ކޯޓުގައި ދައުވާ އުފާލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ، ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުރިން ފުލުހުން ބުނީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް