މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި ގެނެސްދޭނީ ރޯދަވީއްލާ ވަގުތަށް ވެސް ބޯލެވޭނެ ވަރަށް މީރު ބުއިމެއް ތައްޔާރުކުރާނެ ގޮތެވެ. މިއީ ވަރަށް ގިނަ ސިއްހީ ފައިދާތަކެއް އެކުލެވޭ ދެ މޭވާއެއް ބޭނުންކޮށްގެން ތައްޔާރުކޮށްލާ ބުއިމެކެވެ.
ބޭނުންވާ ތަކެތި
ކަރާ
އަންނާރު
ލުނބޯ
ފެން
ހަކުރު ނުވަތަ ޝުގަސިރަޕް (ބޭނުންނަމަ)
ތައްޔާރުކުރާނެގޮތް
އެންމެ ފުރަތަމަ ކަރާތައް ވަކިވަކިން ކިއުބްސް ގޮތަށް ކޮށާލާށެވެ. އެއަށްފަހު އަންނާރުގެ އޮށްތައް ވަކިކޮށްލުމަށްފަހު ތަށްޓަކަށް އަޅާށެވެ. ދެން ކަރާ އަދި އަންނާރު ބްލެންޑައަކަށް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ކަރާ އަކީ އޭގައި ގުދުރަތީ ގޮތުން ވެސް ވަރަށް ގިނަ އަދަދަކަށް ފެން އެކުލެވޭ މޭވާއަކަށް ވުމުން އިތުރަށް ފެން އަޅަންވާނީ ބޭނުންވާނަމައެވެ.
މީގެިއތުރުން ޝުގަ ސިރަޕް ނުވަތަ ހަކުރު ވެސް އަޅަންވާނީ ފޮނިހެޔޮވަރުކޮށްލަން ބޭނުންނަމައެވެ. ލުނބޯ ހުތްކޮޅެއް ފިތާލުމަށްފަހު އެއްފަހަރު ބްލެންޑަރުން ގިރާލުމުން މި ބުއިން ތައްޔާރުކޮށްލެވުނީއެވެ. މި ޖޫހަށް އިތުރު ތާޒާކަމާއި ފުރިހަމަކަން ގެނެސްދޭން ބޭނުންވާނަމަ ކުދީނާ ނުވަތަ މިންޓް ފަތް ކޮޅެއް ވެސް ބޭނުންކޮށްލެވިދާނެއެވެ.