އަނެއްކާ ވެސް މާލެއިން އިތުރު 3 ސްޕާއެއް ބަންދުކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުން ސްޕާ/ސެލޫންތައް ބަލާ ފާސްކުރުމުގެ ތެރެެއިން---ފޮޓޯ: އިމިގްރޭޝަން

މާލޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން އުޅޭ ތިން ސެލޫން/ސްޕާ ބަންދުކޮށްފިއެވެ.

އިމިގްރޭޝަނުން މި ތަންތަން ބަންދުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައެވެ. އެ ގޮތުން، ރޭ އިމިގްރޭޝަނުން ވަނީ މާލޭގައި ހިންގަމުންދިޔަ މިފަދަ 10 ތަނެއް ބަލައި ފާސްކޮށްފައެވެ.

ގަވައިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރުމަކީ މިހާރު ރާއްޖޭގައި އާންމުވެފައިވާ ކަމެކެވެ. ބުރާސްފަތި ދުވަހު ވެސް އިމިގްރޭޝަނުން ވަނީ މާލޭގެ ހަތަރު މަސާޖް ޕާލާއެއް ބަލާ ފާސްކޮށް، ތިން ބިދޭސީންނެއް އެ ތަންތަނުން ހައްޔަރުކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ، އެ ހަތަރު މަސާޖު ޕާލާގައި ހިންގަމުންދިޔަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން އަޅާފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަތަރު މަސާޖު ޕާލާ ބަލައި ފާސްކޮށް، ހަތަރު ބިދޭސީން ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި، އެ ހަތަރު ތަނަށް ވެސް ފިޔަވަޅު އެޅި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

https://sun.mv/215164

މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެކިއެކި އޮޕަރޭޝަންތައް ހިންގައި ދޭތެރެދޭތެރެއިން އެފަދަ ބައެއް ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ހައްޔަރު ވެސް ކުރެއެވެ.

ބިދޭސީން ގަވާއިދާ ޚިލާފަށް ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމަށް މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކޮށް, ބައެއް ތަންތަން އަންނަނީ ބަންދު ކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެއެވެ.

comment ކޮމެންޓް