ދިރާގު 'ޑްރީމް ހޮލިޑޭ' ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

'ވިން އަ ޑްރީމް ހޮލިޑޭ' ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން -- ފޮޓޯ: ދިރާގު

ދިރާގުން، އެ ކުންފުނިން ހިންގި 'ވިން އަ ޑްރީމް ހޮލިޑޭ' ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

ޕްރޮމޯޝަންގައި ނަސީބުވެރި ތިން ފަރާތަކަށް ދިރާގުން ވަނީ ދަތުރު ހަދިޔާކޮށްފައެވެ. މި ދަތުރުތަކުގެ ތެރޭގައި ދެ މީހުންގެ ސްވިޒަލޭންޑު ދަތުރަކާއި، ބޮޑު ދެ މީހުންނާއި ދެ ކުދިންނަށް ޑިސްނީލޭންޑް ޝަންހާއީއަށް ދަތުރަކާއި، އަދި ދެ މީހަކަށް މެލޭޝިޔާ ދަތުރެއް ހިމެނެއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަކީ:

ދެ މީހަކަށް ސްވިޒަލޭންޑަށް ކުރާ ދަތުރުގެ ނަސީބުވެރިޔާ: ޝަމްރޫހް ޝަރީފް
ޑިސްނީލޭންޑް ޝަންހާއީއަށް ކުރާ ދަތުރުގެ ނަސީބުވެރިޔާ: އަޙްމަދު ޝިހާމް
ދެ މީހަކަށް މެލޭޝިޔާއަށް ކުރާ ދަތުރުގެ ނަސީބުވެރިޔާ: ޙުސައިން ފަޒީލް

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިފައިވަނީ، ޕޯސްޓްޕެއިޑް 450 އަށްވުރެ މަތީގެ އެއްވެސް ޕޯސްޓްޕެއިޑް ޕްލޭނަކަށް އަޕްގްރޭޑް ކުރުމުން ނުވަތަ ދިރާގު ލިމިޓެއް ނެތް ފައިބާ ޕްލޭނަކަށް ސަބްސްކްރައިބް ކުރުމުންނެވެ.

ދިރާގުން އަންނަނީ ކޮންމެ ކަސްޓަމަރެއްގެ ބޭނުންތަކަށް ފެތޭނެ ގޮތަށް އެކި ބާވަތުގެ ޕޯސްޓްޕެއިޑް އަދި ލިމިޓެއް ނެތް ފައިބާ ޕްލޭންތަކެއް ހުށަހަޅަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް