ކުޅުދުއްފުށީ މީހަކު ފަތިހު ދުވަން ދިޔަ ގޮތަށް ނުފެނިގެން ހޯދިއިރު ފެނުނީ މަރުވެފައި އޮއްވައި

ކުޅުދުއްފުށީ: އެ ސިޓީން ގެއްލުން މީހަކު ހޯދަނިކޮށް ފެނުނީ މަރުވެފައި އޮއްވައި -- ފޮޓޯ/ ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށި ސިޓީން މިއަދު ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މީީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިއަދު ފަތިހު 5:00ހާއިރު ގެއިން ނުކުމެެގެން ދުވަން ފަހުން ގެއްލިގެން ހޯދަން ފެށީ އެ ރަށު ޖިފުޑި، 67 އަހަރުގެ ހަސަން މޫސާ ކަމަށެވެ.

އެ މީހާގެ ޚަބަރެއް ނުވެގެން ފުލުހަށް ރިޕޯޓުކުރީ 10:30ހާއިރެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން ދަނިކޮށް، ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފާޚާނާ ތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމާއި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް