ޅ. ނައިފަރުން ގެއްލިގެން ހޯދަމުން ދިޔަ 15 އަހަރުގެ އަންހެން ކުއްޖާ އެ ރަށުގެ މަގުމަތިން މިރޭ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަން އިއުލާނުކުރީ، ޅ. ނައިފަރު، ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލެވެ.
އާއިލާއާ ހަވާލާދީ ފުލުހުން މިއަދު ބުނީ، އެ ކުއްޖާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން މިރޭ ބުނީ އެ ކުއްޖާ ނައިފަރު މަގުމަތިން މިރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މީގެ ކުރިން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް، ޚަދީޖަތު މައިސަރާ ގެއްލިގެން ހޯދަން އިއުލާންކުރިއެވެ. އެފަހަރު އެ ކުއްޖާ ފެނުނީ ގެއްލުނުތާ ގާތްގަނޑަކަށް ހަތަރު ދުވަސް ފަހުންނެވެ. އޭރު ވެސް ފެނުނީ ނައިފަރުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އާންމުކޮށް މާލެ ސަރަހައްދުން ގެއްލިގެން ރިޕޯޓުކުރާ މީހުން ގެއްލޭތާ މާ ގިނަ ދުވަސްތަކެއްނުވެ، ފެނެއެވެ.