އުރީދޫން ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ހުޅުމާލޭގައި ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
އުރީދޫއިން ބުނީ، މިއީ "މައި ހުޅުމާލެ" ހަފުތާގެ ދަށުން ހިންގުނު ހަރަކާތްތަކެއް ކަމަށެވެ.
ކުދަކުދީންގެ ދުވަހު ބެއްވުނު އެ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް ވަރަށް އުފާވެރި އަދި އިންޓަރެކްޓިވް ހަރަކާތްތަކެއް ކުރިއަށް ގެންދެވުނު ކަަމަށާއި އެ ދުވަސް ފެށުނީ ފެމިލީ ފެސްޓިވަލްއަކުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ފެސްޓިވަލް ބާއްވާފައިވަނި ހިޔާ ޕާކު އަދި ރުއްގަނޑު 3 ގައެވެ.

އުރީދޫއާއި މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި ބޭއްވި ކުޑަކުދީންގެ ހަވީރުގެ ތެރެއިން -- ފޮޓޯ/ އުރީދޫ
ކުޑަކުދީންގެ ދުވަހު އުރީދޫ ގުޅިގެން ބޭއްވުނު ހަރަކާތްތަކުގެ ތެރޭގައި:
- ރުއްގަނޑު 3 ގައި ފޯމް ޕާޓީ
- ހިޔާ ޕާކު އަދި ރުއްގަނޑު 3 ގައި ތަފާތު ކުޅިވަރުތަކާއި ގޭމުތައް ތައްޔާރުކުރެވިފައިވޭ
- އެސްއޯއީތަކާއި ގިނަ ކުންފުނިތަކަކުން ސްޓޯލްތައް ބަހައްޓާ ކުޑަކުދިންނަށް ކުޅޭވޭ ކަހަލަ ގޭމުތަކާއި ހަދިޔާތައް ބެހެއްޓިފައިވޭ
- ޚާއްސަ މޫވީ ނައިޓެއް އެ ދުވަހުގެ ރޭ ބާއްވާފައިވޭ
އުރީދޫން ބުނީ، މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓްއާ އެކު ބޭއްވުނު އެ މޫވީ ނައިޓުގައި ދައްކާފައިވަނީ "ދަ ވައިލްޑް ރޮބޮޓް" ކިޔާ ކުޑަކުދިންގެ ފިލްމެއް ކަމަށެވެ. އާއިލާތައް އެއްކޮށް ބައިވެރިވި އެ މޫވީ ނައިޓަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫއާއި މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި ބޭއްވި ކުޑަކުދީންގެ ހަވީރުގެ ތެރެއިން -- ފޮޓޯ/ އުރީދޫ
އުރީދޫ މޯލްޑިވްސްއިން އަންނަނީ ތަފާތު މުނާސަބަތުގައި މުޖުތަމައުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް އިސްކަންދެމުންނެވެ. އެފަދަ ޙަރަކާތްތަކުގެ ސަބަބުން ޢާއިލާތަކާއި މުޖުތަމަޢުތައް އެއްބައިވަންތަވުމުގެ އިތުރުން ކުޑާކުދިންނާއި އާއިލާތަކަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލާ މާނަހުރި ތަޖުރިބާތައް ކުރިއެރުވުމަށް މަގުފަހިވެގެންދާ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.