އަބަދު ތި އުޅެނީ އައިނު ގެއްލިގެންތަ؟

މިއީ އެންމެންނަށް ދިމާވާ ކަމެެއް ނޫނަސް ވަރަށް ގިނަ މީހުން ދުވާލެއްގެ މަތިން އެތައް ފަހަރަކު ކުރިމަތިލާ އުނދަގުލެކެވެ. ބައެއް ފަހަރު މި އަވި އައިނުތަކުގައި ދެފައި ފަޅާފައި ހުންނަނީ ބާއޭވެސް ހިތަށް އަރާވަރުވެއެވެ. ސޯފާގެ ދޭތެރެތަކުންނާއި, އެނދުތަންދޮށުން ފެށިގެން ފޮތްތެރެއަށް ލެވި ގެއްލިފައި އޮންނަ ފަހަރުތައް އެބަ އާދެއެވެ. އާންމު ގޮތެއްގައި އެންމެ ލަސްވެެގެން އަަވަހަށް ތަނަކަށް ދާން ނުކުންނަން އުޅޭ ފަހަރުތަކުގައި އައިނު ހޯދުމަކީ ބޮޑު މަސަތްކަތެކެވެ.

އަވި އައިނެއް --
ހަގީގަތަކީ އައިނުތަކުގައި އެއްވެސް މައްސަލައެއް ނޫޅޭކަމެވެ. އާންމު ގޮތެއްގައި ގަވައިދުން ކުރާ ކަންކަން ސިކުނޑީގައި ހުންނަނީ އޮޓޯ ޕައިލެޓަށް ލެވިފައެވެ. އެހެންކަމުން އައިނު ލޯމަތިން ނެގުމަށް ފަހު ބޭއްވޭތައް ސިކުނޑީގައި ރެޖިސްޓާ ނުވެދެއެވެ. އަދި، ބެކްރައުންޑުގެ ތެރެއަށް ބެލެންޑުވެެގެން ދަނީއެވެ.

އަވި އައިނެއް: މިއީ ވަރަށް ގިނައިން ގެއްލޭ އެއްޗެއް --
ކުޑަ ކުޑަ ކަމެކެވެ. ނަމަވެސް، މިކަމަށް މި އުޅެނީ ކްރިއޭޓިވް ހައްލެއް ބުނެދޭށެވެ. އެއްކަމަކީ އައިނު ބާއްވާ ހިސާބުން ނުގެއްލޭވަރުގެ ތަންކޮޅެއް އައިނު ބޭއްވުމަށް ޚާއްސަކުރުމެވެ. މި ކަމަށް ވަރަށް ކުލަ ގަދަ ސްކަލްޕްޗާއެއް ނޫނީ މަތީގައި ބައިންދާލަން ނިކަން ޚާއްސަ ވައްތަރެއްގެ ތައްޓެއް ނޫނިއްޔާ ތަފާތު ގޮތަކަށް ހުރި ބުޅިއެއް ފާރުގައި ހަރުކޮށްލާފައި އަޅުވާލެވިދާނެއެވެ. ބަލަންވީ ކަމަކީ މާހައުލުގެ ތެރެއަށް ވަދެ ނުގެއްލޭވަރުގެ އެއްޗެއްގައި ބޭއްވުމެވެ. ނުވަަތަ އައިނު އަޅުވާލުމެވެ.

ޓެކްނޮލޮޖީއައް ބަރޯސާވާ މީހުންނަށް އެހެން ހައްލެއް ވެސް އެބައޮތެވެ. އައިނުގައި ކުޑަ ބްލޫޓުތް ޓްރެކާއެއް ހަރުކޮށްލާށެވެ. އައިނު ގެއްލޭ ފަހަރުތަކުގައި ގޮނޑިތަކުގެ އަޑި ހޯދަން ނޫޅެ ފޯނުން ބަލާލައިގެން ނުވަތަ ބީޕް ކޮށްލައިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޮތް ހިސާބު ބަލައިލެވޭނެއެވެ.

އައިނެއް ކަރުގައި އަޅުވައިލާފައި --
އައިނު ގެއްލޭތީ ނުވަތަ ވެއްޓޭތީ ދެން އޮތް އެންމެ މޮޅު ގޮތަކީ އޭގައި ވާކޮޅެއް ގުޅުވާލައި ކަރުގައި އަޅުވާލައިގެން އުޅުމުވެ. ވާކޮޅެއް ނުވަތަ ކޯޑެއް ނެތްނަމަ ސްކާފެއްގެ ދެކޮޅު އައިނުގެ ދުނިގަނޑުގެ ދެ ފަރާތުގައި އައްސާލުމުން ވެސް ރީތިވާނެއެވެ. މީ އައުޓް ފިޓާ ގުޅޭ ގޮތަށް ބަދަލު ވެސް ކޮށްލެވޭނެ އިތުރު އެސަސަރީއެކެވެ.

އަގުބޮޑެތި ބްރޭންޑުތަކުގެ އައިނު ގެންގުޅޭ މީހުންނަށް މި ފަދަ ހައްލުތަކަކީ އައިނު ނުގެއްލި ގިނަ ދުވަހު ގެންގުޅެވޭނެ އެންމެ ފަސޭހަ ގޮތްތަކެވެ.

comment ކޮމެންޓް