ޔޫރޯވިޝަނުން އިސްރާއިލު ބޭރުކުރަން ޕެޓިޝަނެއް

ލަވަކިޔުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޔޫރޯވިޝަން ފެސްޓިވަލްގައި އިސްރާއިލަށް ބައިވެރިނުވެވޭ ގޮތް ހެދުމަށް އެދި މުބާރާތުގެ ކުރީގެ އަދި މިހާރުގެ ގިނަ ބައިވެރިންތަކެއް ބޮޑު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ޔޫރޯވިޝަންއަކީ ކޮންމެ އަހަރެއްގައި ވެސް ގައުމުތަކުން ސިޔާސީ އެކި ކަހަލަ މެސެޖުތައް ދިނުމަށް ބޭނުންކުރާ ޕްލެޓްފޯމެކެވެ. އާންމުކޮށް އެ މުބާރާތުގައި މޮޅުވަނީ ވެސް އެންމެ ގިނައިން ސިޔާސީ މައްސަލަތައް ގެނެސްދޭ ގައުމުތަކެވެ.

ޔޫރަޕުގެ ގައުމުތަކުން ބައިވެރިވާ މި މުބާރާތަކީ މިގޮތަށް ބާއްވާ އެންމެ ބޮޑު އެއް މުބާރާތެވެ. އަހަރުތަކެއް ވަންދެއް މި މުބާރާތުގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން ރައްދުވެފައިވާ ބައިވެރިޔަކީ އިސްރާއިލެވެ. މެދު އިރުމަތީގެ ގައުމެއްގެ ގޮތުގައި އަމިއްލައަށް ދައުވާކުރާ އިސްރާއިލުން މި މުބާރާތުގައި ބައިވެރިވާތީ އެކަމާ އެތައް ބައެއްގެ ފާޑުކިޔުން ރައްދުވެފައިވެއެވެ.

މުބާރާތް އިންތިޒާމުކޮށް ރާވާ ކުންފުނިތަކަކީ އިސްރާއިލަށް ސަޕޯޓު ކުރާ ބަޔަކަށް ވުމަކީ އެތައް އަހަރެއް ވަންދެއް އިސްރާއިލަށް ފާޑު ކިޔުމެއް ރައްދު ނުވާ ގޮތަށް މި މުބާރާތުގައި އިސްރާލަށް ވާދަކުރެވުމުގެ ފަހަތުގައިވާ ސަބަބެވެ.

ނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަމަލާތަކަށްފަހު އިސްރާއިލަށް ރައްދުވެފައިވާ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. އެހެން ގައުމުތަކުން ފަލަސްތީނުގެ ދިފާއުގައި ހުށަހެޅުންތައް މުބާރާތަށް ގެނައުމަށް މަސައްކަތް ކުރުމުން އެ ގައުމުތަކަށް ބިރުދެއްކުމަކީ މައްސަލަ އިތުރަށް ގޯސްވެފައިވާ ސަބަބެކެވެ.

ނަމަވެސް، ކުރީގެ ބައިވެރިންނާއި މިހާރުގެ ބައިވެރިންގެ މެދުގައި މިކަންތައް މިހާރު ބަލައިގަނެވެން ނެތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޖުމްލަ 70 ބައިވެރިން ހިމެނޭގޮތަށް ދާދިފަހުން ވަނީ މުބާރާތުގެ އޯގަނައިޒަރު ޔޫރަޕިއަން ބްރޯޑްކާސްޓިން ޔޫނިއަން (އީބީޔޫ)އަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. މި ޕެޓިޝަނުގައި އެދެނީ އިސްރާއިލު މުބާރާތުން ބޭރު ކުރުމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އިސްރާއިލަށް މި މުބާރާތުގައި ބައިވެރިނުވެވޭ ގޮތް ހެދުމަށް ވެސް ވަނީ އެދިފައެވެ.

މިކަމަށް އީބީޔޫގެ ފަރާތުން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

comment ކޮމެންޓް