ތެލެސީމިއާ ދުވަސް: ޝީއިން 100 މީހަކަށް ތެލެސީމިއާ ޓެސްޓު ހިލޭ

މީހެއްގެ ލޭ ނަގަނީ: މިއަދު ޝީއިން 100 މީހެއްގެ ތެލެސީމިއާ ޓެސްޓު ހިލޭ ހަދައިދޭނެ --- ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅުވައިގެން މިއަދު އެންމެ ފުރަތަމަ ޚިދުމަތް ހޯދާ 100 މީހަކަށް ތެެލެސީމިއާ ޓެސްޓު ހިލޭ ހަދައިދޭން ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ މޯލްޑިވްސް)އިން ނިންމައިފިއެވެ.

ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ އަށްވަނަ ދުވަހެވެ.

ޝީއިން ވަނީ މި އަހަރުގެ ތެލެސީމިއާ ދުވަހާ ގުޅުވައިގެން އެންމެ ފުރަތަމަ ތެލެސީމިއާ ޓެސްޓު ހަދަން ޒިޔާރަތްކުރާ 100 ފަރާތަކަށް ހިލޭ އެ ޓެސްޓު ހަދައިދިނުމަށް ނިންމާފައި ވާކަމަށް ބުނެފައެވެ.

ޝީއިން އާންމުކޮށް ތެލެސީމިއާ ޓެސްޓު ހަދައިދެނީ 500 ރުފިޔާއަށެވެ.

ތެލެސީމިއާ ބަލި ކަށަވަރު ކުރުމަށް ބައެއްފަހަރު ހަދަންޖެހޭ ޑީއެންއޭ ޓެސްޓު ޝީއިން ހަދައިދެނީ 1500 ރުފިޔާއަށެވެ.

ތެލެސީމިއާ ޓެސްޓަކީ ތެލެސީމިއާ ސެންޓަރުން ހިލޭ ހަދައިދޭ ޓެސްޓެކެވެ. އަދި ހެލްތު މިނިސްޓަރު އިބްރާހިމް ނާޒިމް މީގެ ކުރީން ވަނީ ޑީއެންއޭ ޓެސްޓު ސަރުކާރުގެ ހޮސްޕިޓަލުގައި ހެދޭނޭ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް